މާދަމާ “ލޯ މަރާލައިފިނަމަ“ ވެގެންދާނީ އިންޑިއާ ނޫނީ ބޭރު އެހެން ބައެއްގެ ރާއްޖެއަކަށް: ޑރ.މުޢިއްޒު

Loading

September 8, 2023
profile
Facebook
Twitter
WhatsApp

މިއީ ދިވެހި ގައުމު ކަމަށާއި މިތަން ދިވެހިންގެ ރާއްޖެއަކަށް ހަދަންޖެހޭ ކަމަށާއި މާދަމާ “ލޯ މަރާލައިފިނަމަ“ ވެގެންދާނީ އިންޑިއާ ނޫނީ ބޭރު އެހެން ބައެއްގެ ރާއްޖެއަކަށް ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.

މާލޭގައި ރޭ ބޭއްވި އިވެންޓެއްގައި މުޢިއްޒު ވަނީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވައިފައެވެ.

މުޢިއްޒުގެ ވާހަކަފުޅުގައި ވަނީ އޭނާގެ ވެރިކަމުގެ ފުރަތަމަ ދުވަހު އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމުގެ މަސައްކަތް ފަށްޓަވާނެ ކަމަށާއި އެކަން ކާމިޔާބުވާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ. 

“ރެސްޕެކްޓްފުލީ އަޅުގަނޑު ދަންނަވާނަން ސޮރީއޭ މި ތަނުގައި ނުތިބެވޭނެއޭ. އަވަހަށް ގެންދަވާށޭ. މިއީ 21 ވަނަ ގަރުނޭ.“ އެވޭލާ ޒަމާނުގައި ކަންކުރި ގޮތަށް ބާރު ހިންގައިގެން ކަންކަމެއް ނުކުރެއްވޭނެކަން ފާހަގަކުރައްވަމުން މުޢިއްޒު ވިދާޅުވިއެވެ.

މީގެއިތުރުން މުޢިއްޒު ވިދާޅުވީ ކޮންމެ އިންތިޚާބެއްގައި ވެސް ވޯޓު ހޯދުމަށް ސިޔާސީ ވެރިން ރައްޔިތުންގެ ކައިރީގައި އެކި ވާހަކަތައް ދައްކަވައި ހުވަފެންތައް ދައްކަވަމުން ގެންދަވާ ކަމަށެވެ. އެހެންކަމުން އެފަދަ ކަންކަމަށް ނުހެއްލި, ހޮނިހިރު ދުވަހު ލާ ވޯޓަކީ ގައުމީ ވޯޓަކަށް ހެދުމަށް މުޢިއްޒު އިލްތިމާސް ކުރެއްވިއެވެ.

މުޢިއްޒު ވިދާޅުވީ މިއީ ދިވެހި ގައުމު ކަމަށާއި މިތަން ދިވެހިންގެ ރާއްޖެއަކަށް ހަދަންޖެހޭ ކަމަށާއި ދިވެހިރާއްޖެ ވާންޖެހޭނީ ބިދޭސީންގެ ރާއްޖެއަކަށް ނޫން ކަމަށެވެ. 

“އަޅުގަނޑުމެން ލޯ މަރާލައިފިއްޔާ ވެގެންދާނީ ބޭރު މީހުންގެ, އިންޑިއާގެ ނޫނީ އެހެން ބައެއްގެ ރާއްޖެއަކަށް.“

މުޢިއްޒު ވިދާޅުވީ ކޮންމެ ޕާޓީއެއްގައި ހުއްޓަސް ވޯޓުލާންވާނީ މިނިވަންކަން ޔަގީންކޮށްދޭ ފަރާތަށް ކަމަށާއި އޭނާއަކީ ގައުމު އިސްކުރާ ޕާޓީގެ ނުވަތަ ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ ޕާޓީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް ކަމަށެވެ. އެހެންކަމުން ގައުމުގެ މިނިވަންކަން ޔަގީންކަމާއެކު ހިމާޔަތްކޮށްދެއްވާނެ ކަމަށް ވެސް މުޢިއްޒު ވިދާޅުވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް