ޝައިޚް ޒައިދުގެ ތާއީދު ޑރ.މުޢިއްޒަށް: މިވަގުތު ގައުމުގެ ވެރިކަމަށް އެންމެ މުނާސަބީ މުޢިއްޒު

Loading

September 7, 2023
profile
Facebook
Twitter
WhatsApp

ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒަށް ތާއީދުކުރައްވަން ނިންމަވާފައިވާކަން އައްޝައިޚް ޢަލީ ޒައިދު މިއަދު ހާމަކުރައްވައިފިއެވެ.

ޢަދާލަތު ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ޒައިދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އޭނާގެ ތާއީދު އޮތީ ޑރ.މުޢިއްޒަށް ކަމަށެވެ.

“ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި  އަޅުގަނޑުގެ ތާއީދު އޮތީ ޑރ.މުޢިއްޒު އަށް! މިގޮތަށް މިނިންމީ މިވަގުތު ގައުމުގެ ވެރިކަމަށް އެންމެ މުނާސަބު ކެނޑިޑޭޓަކީ ޑރ.މުޢިއްޒު ކަމުގައި އަޅުގަނޑަށް ގަބޫލުކުރެވޭތީވެ!“ ޒައިދު ލިޔުއްވާފައިވެއެވެ.

ޒައިދަކ މީގެ ކުރިން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައި މި ސަރުކާރުގެ ދިފާއުގައި ވާހަކަ ދެއްކެވި ބޭފުޅެކެވެ. ނަމަވެސް ފަހަކަށް އައިސް ރައީސް އަށް ތާއީދުކުރައްވައި އެއްވެސް އެއްޗެއް ވިދާޅުނުވާތާ ދުވަސްތަކެއް ވެއްޖެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް