އިރާގާއި އީރާން ރޭލުގެ މަގުން ގުޅާލަނީ

Loading

Facebook
Twitter
WhatsApp

ސިޔާސީ އަދި އިގްތިސާދީ ގޮތުން ވަރުގަދަ ގުޅުންތަކެއް މިހާރު ގާއިމް ކޮށްފައިވާ އިރާގާއި އީރާން ރޭލުގެ މަގުން ގުޅާލުމުގެ މަސައްކަތުގެ ފެށުން މި ސެޕްޓެމްބަރ މަހުގެ 2 ވަނަ ދުވަހު އިރާގުގެ ބޮޑުވަޒީރު މުޙައްމަދު ޝިޔާ އަލް ސުދާނީ އާއި އީރާނުގެ ނައިބު ރައީސް މުޙައްމަދު މުޚްބާރް ބިންގާ އަޅުއްވާ ދެއްވައިފިއެވެ.

މިއީ ވަރަށް ތާރީޚީ ގުޅުމެއްކަމުގައި ވެގެންދާ ސަބަބަކީ އެމެރިކާއާއި އެމެރިކާގެ ވާގިވެރިވާ ޔޫރަޕްގެ ގައުމުތަކުންވަނީ 30 އަހަރު މިދެގައުމުގައި ފިތުނަ އުފަށްދުވައި ތޮޅުވައި ސުންނާފަތި ކޮށްލާފަކަމަށް ވާތީއެވެ.

މިއީ އަވަށްޓެރި މި ދެގައުމު ރޭލުގެ މަގުން ގުޅާލެވިގެންދާ ފުރަތަމަ ފަހަރެވެ.ބަޝްރާ- ޝެލަމްޗާގެ ނަންދެވިފައިވާ މި ރެއިލްވޭ ލައިން އިރާގުގެ ބަސްރާއިން ހުރަސްކުރާނީ އީރާނުގެ ޝެލަމްޗާގެ ބޮޑު ރެއިލްވޭ އަށެވެ. 32 ކިލޯމީޓަރުގެދިގު މި ރެއިލްވޭލައިންގެ ތެރެއިން 16 ވަރަކަށް ކިލޯމީޓަރގެ ރެއިލްވޭ އެޅިގެންދާނީ އީރާނުގެ ސަރަޙައްދުގައެވެ.

އެއީ ފުރާތު ކޯރާއި ދިޖްލާ ކޯރު ގުޅޭ ހިސާބުން ޝައްތަލް އަރަބުގެ މަތިން އެޅޭ ފާލަމެއްގެ މަތިންނެވެ. މި މަޝްރޫއު ނިމެން ދެއަހަރެއްހާ ދުވަސް ނަގާނެކަމަށް ލަފާކުރެވެއެވެ.  

މި މަޝްރޫއުގެ ވާހަކަތައް ފުރަތަމަ ފެށިފައިވަނީ 2021 ވަނަ އަހަރުގައެވެ.ބޮޑުވަޒީރު އަލް ސުދާނީގެ ވާހަކަފުޅުގައި މި ހުޅުވޭ ވަސީލަތުގެ ސަބަބުން މަރުކަޒީ އޭޝިޔާގެ ގައުމުތަކުގެ ރައްޔިތުންނަށް ޝިޔާއީ މަޒްހަބުގައި ދީނީ ގޮތުން ފާހަގަކުރެވިފައިވާ މުހިންމު ތަންތަނަށް ޒިޔާރަތް ކުރުމަށް ފަސޭހަކަމާއިއެކުމަގުފަހިވެގެން ދާނެއެވެ. 

މި ރެއިލްވޭ ލައިން އެޅިގެންދާ ހިސާބަކީ ސައްދާމްހުސޭނުގެ ރައީސްކަމުގައި ހުޅަނގުގެ މުނާފިގުންގެ ދަންތޫރައިގާ ޖެހިވަޑައިގެން އީރާނާ ދެކޮޅަށް ހިންގި އަށް އަހަރު ދުވަހުގެ ދިގު ހަނގުރާމައިގާ ސައްދާމު ހުސޭނުގެ ލަޝްކަރުތަކުން އެންމެ ގިނައިން މައިން އަޅާފައި ހުރި ސަރަޙައްދެވެ.

އެ ހުރިހާ މައިންތައް ސާފުކޮށް އެ ސަރަޙައްދު އަމާންކުރުމުގެ މަސައްކަތުގައި އީރާނު ސަރުކާރުން ދިން އެއްބާރުލުމަށް ބޮޑުވަޒީރު އަލް ސުދާނީ ޝުކުރުވެރިވެ ވަޑައިގަންނަވާކަށް ފާޅުކުރެއްވިއެވެ.

އަދި އެމަނިކުފާނު ގެންދަވަނީ އެކިއެކި މަޝްރޫއު ތަކުގައި ސަރަޙައްދީ ބައިވެރިވުން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އިރާގުގެ މި މަޝްރޫއަށް އީރާނުގެ ނައިބު ރައީސް މަރުޙަބާ ވިދާޅުވިއެވެ.                                                     

މިއަހަރު މޭ މަހުގެ ތެރޭގައި އިރާގުން ވަނީ “ ތަރައްގީ ގެ މަގު “ ގެ ނަމުގައި 17 ބިލިއަން އެމެރިކާ ޑޮލަރުގެ ބިޔަ މަޝްރޫއެއްވެސް ފައްޓާފައެވެ. މި މަޝްރޫއުގެ ދަށުން އިރާގުގެ އުތުރުން ތުރުކީގެ ބޯޑަރާ ހަމަޔަށް އަދި ދެކުނުން ގަލްފުގެ ގައުމުތަކާ ހަމަޔަށް 1200 ކިލޯމީޓަރުގެ ރެއިލްވޭ އާއި މަގު ހެދޭނެއެވެ.   

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް