ކޯވިޑް-19ގެ ވަބާއަށްފަހު ސައުދީގެ ބޭރު ފައިސާގެ ރިޒާވް ދުށް އެންމެ ބޮޑު ވެއްޓުން މިދިޔަ މަހުގައި!

Loading

Facebook
Twitter
WhatsApp

ކޯވިޑް-19ގެ އާލަމީ ވަބާގެ ތެރޭގައި ތެލުގެ އަގު ވެއްޓުމާއެކު ސައުދީ އަރަބިއާއިން އެމެރިކާގެ ބާޒާރުން ހިއްސާގަތުމަށް އިންވެސްޓްކުރުމަށްފަހު ސައުދީ އަރަބިއާގެ ބޭރު ފައިސާގެ ރިޒާވް ދުށް އެންމެ ބޮޑު ވެއްޓުން ފެނިފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ. އެގޮތުން ޖުލައި މަހުގެ ތެރޭގައި އެގައުމުގެ ބޭރު ފައިސާގެ ރިޒާވުން 16 ބިލިއަން އެމެރިކާ ޑޮލަރު ވަނީ ދަށަށް ގޮސްފައެވެ.

ބޭރު މުދަލުގެ އަގު 1.53 ޓްރިލިއަން ނުވަތަ 407 ބިލިއަން އެމެރިކާ ޑޮލަރު ދަށަށް ގޮސްފައިވީނަމަވެސް މެއި މަހާއި ޖޫންމަހުގައި މިއަދަދުތައް މައްޗަށް ޖެހިފައިވާކަމަށް މަރުކަޒީ ބޭންކުން ޝާއިއުކުރި ރިޕޯޓެއްގައި ވަނީ ބުނެފައެވެ. އަދި މިއީ 2009 ވަނަ އަހަރުގެ ފަހުން ގައުމީ ރިޒާވް އެންމެ ބޮޑަށް ދަށަށް ދިޔަ ފަހަރުކަމަށްވާއިރު، ސައުދީ އަރަބިއާއިން ތެލުގެ އަގު އުފުލުމަށްޓަކައި ތެޔޮ އުފައްދާ މިންވަރުވެސް ވަނީ މަދުކޮށްފައެވެ.

ތެލުގެ އަގު ރަނގަޅުކުރުމަށްޓަކައި ސާފު ތެޔޮ އުފައްދާ މިންވަރު މަދުކޮށްގެން ސައުދީ އަރަބިއާއިން ކުރާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ތެޔޮ ވިއްކައިގެން ލިބޭ އާމްދަނީ އެތައް ދަރަޖައެއް ވަނީ ދަށަށް ގޮސްފައެވެ. 2022 ވަނަ އަހަރު ލިބުނު 326 ބިލިއަން އެމެރިކާ ޑޮލަރާއެކު ހީނުކުރާ ވަރުގެ ބޮޑު މަންފާއެއް ހޯދުމަށްފަހު، މިހާރު ސައުދީ އޮތީ ބަޖެޓު ޑެފިސިޓަކަށް ދާން ޖެހިދާނެކަމުގެ ބިރުވެރިކަމުގައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް