ދުނިޔޭގެ އެންމެ ގިނަ ކަނޑުގެ އަސްކަރީ އުޅަނދާއެކު އެންމެ ބޮޑު ނޭވީއެއް އޮތީ ޗައިނާގައެވެ. އެގޮތުން ޗައިނާގައި 340 ހަނގުރާމަމަތީ އުޅަނދު އޮތްއިރު، ޗައިނާގެ ކަނޑުގެ އަސްކަރިއްޔާއަށް ފަހަކާ ޖެހެންދެން ނިސްބަތްކުރެވިފައިވަނީ ”ގްރީން-ވޯޓާ ނޭވީ“ގެ ނަމުންނެވެ. އަދި ޗައިނާގެ އަސްކަރީ އުޅަނދުތައް ހަރަކާތްތެރިވެފައިވަނީ އެގައުމުގެ ބަނދަރުތަކުގައެވެ.
ފަހުގެ އަހަރުތަކުގައި ޗައިނާއިން ބޮޑެތި ގައިޑެޑް-މިސައިލް ޑިސްޓްރޯޔަރތަކާއި، ކަނޑުއަޑީގައި ހަރަކާތްތެރިވެވޭ އެސޯލްޓް އުޅަނދުތަކާއި، ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވެވޭ ވައިގެ އުޅަނދުތައް ލޯންޗުކޮށްފައިވާއިރު، ބެއިޖިންގްއާއި އެތައް ހާސް މޭލު ދުރުންވެސް ބޭނުންކުރެވޭވަރުގެ ބާރުގަދަ އުޅަނދުތައް ގެންގުޅެއެވެ.
ޗައިނާއިން އަންނަނީ ނޭވަލް އައުޓްޕޯސްޓުތައް އިތުރުކުރުމުގެ މަސައްކަތްކުރަމުންނެވެ. މިގޮތުން، ކެމްބޯޑިއާގެ ވެސްޓް ކޯސްޓުން ގަލްފް އޮފް ތައިލެންޑަށް އޮންނަ ޕެނިންސިއުލާގައި އެގައުމުން އަޅާފައިވާ ”ރީމް ނޭވަލް ބޭސް“ ފާހަގަކުރެވެއެވެ.
އެމެރިކާއިން ދުނިޔޭގެ އެކި ހިސާބުތަކުގައި ގެންގުޅޭ 750 އެއްހައި އަސްކަރީ އިންސްޓޮލޭޝަންތަކާއި ދެމެދު ނުރުހުން ފާޅުކޮށް ޗައިނާއިން ވަނީ އާންމުކޮށް އެކަން ފާހަގަކޮށްފައެވެ. ޗައިނާއިން ބުނެފައިވަނީ، އެމެރިކާއިން އެމީހުންގެ އަސްކަރީ ނުފޫޒާއި ބާރު ބޭނުންކުރަމުން އަންނަނީ އެހެން ގައުމުތަކުގެ ކަންކަމަށް ނުފޫޒު ފޯރުވުމަށް ކަމަށާއި، އެކުމުގެ ސަބަބުން ސަލާމަތީ ނުރައްކާތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑުވެގެންދާކަމަށެވެ.
އެމެރިކާގެ ހިމާޔަތާއި ރައްކާތެރިކަމުގެ ދަށުން މެދު އިރުމައްޗާއި ދެކުނު އެމެރިކާގެ ގައުމުތަކަށް ދިމާވެފައިވާ ހާލަތްތަކާއި ޚިލާފަށް، ޗައިނާއިން ދެކެނީ ޗައިނާއަކީ އޭޝިއާ ބައްރުގެ ސަލާމަތާއި ހަމަޖެހުން ހިމާޔަތްކުރާ ބައެއްގެ ގޮތުގައެވެ.