ދެ އަހަރުގެ ޕައިލެޓް ޕްރޮގްރާމެއްގެ ދަށުން ރަޝިއާގައި އިސްލާމިކް ބޭންކިންގެ ނިޒާމު ތައާރަފު ކުރަން ނިންމައިފިއެވެ.
މި ޕްރޮގްރާމް ފެށީ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހުގައެވެ.
25 މިލިއަން މީހުންގެ ބޮޑު މުސްލިމް އާބާދީއެއް އޮންނަ ރަޝިއާގައި، އިސްލާމީ ވުޒާރާތައް ހުރި ނަމަވެސް، އެގައުމުގެ ސަރުކާރުން އިސްނަގައިގެން އިސްލާމީ މިންގަނޑުތަކާއި އެއްގޮތަށް ހިންގުމަށް މިފަދަ ވުޒާރާއެއް ހުޅުވުމަށް ބާރުއަޅައި، ރަޝިއާގެ ގާނޫނުގެ ތެރެއިން ފުރުސަތު ދީފައިވާ މިއީ ފުރަތަމަ ފަހަރެވެ.
ރަޝިއާގައި އިސްލާމީ ބޭންކިންގެ ނިޒާމެއް ހިނގާނެތޯ ނޫންތޯ ބެލުމަށް ގާނޫނެއް ލިޔެ ރައީސް ވްލާޑިމިރް ޕޫޓިން ސޮއިކުރައްވާފައިވަނީ އޮގަސްޓު މަހުގެ 4 ވަނަ ދުވަހުގައެވެ.
ޕައިލެޓް ޕްރޮގްރާމް ހިންގާނީ އެންމެ ބޮޑު މުސްލިމް އާބާދީއެއް އޮންނަ ހަތަރު ސަރަހައްދުކަމުގައިވާ، ޓަޓާސަންއާއި، ބަޝްކޯޓޮސްޓަންއާއި، ޗެޗިންޔާގެ އިތުރުން ޑަގެސްޓަން ގައެވެ. އަދި އިސްލާމިކް ފައިނޭންސްގެ އެންމެ ތަޖުރިބާ ހުންނާނީވެސް މި ސަރަހައްދުތަކުގައި އުޅޭ ފަރާތްތަކުގެ ކިބައިގައި ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.
ރަޝިއާއިން ހިންގާ މި ޕްރޮގްރާމް ކާމިޔާބުވެއްޖެނަމަ، ގައުމުގެ އެހެނިހެން ހިސާބުތަކަށްވެސް އެ ނިޒާމު ތައާރަފުކުރެވިގެން ދާނެކަމަށް ސަރުކާރުން ބުނެއެވެ.