ބ.އޭދަފުށީގައި ރޯހައުސް އަދި ފްލެޓް އެޅުމުގެ ބިޔަ ހައުސިންގ މަޝްރޫއުއެއް ކުރިއަށް ގެންދަވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެެެއެވެ.
އޭދަފުށީގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި މުޢިއްޒު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި އޭދަފުށީގެ ރައްޔިތުންނަށް ބޭނުންވާ ރޯހައުސް އަދި ފްލެޓް އެޅުމުގެ ބިޔަ ހައުސިންގ މަޝްރޫޢެއް ކުރިއަށް ގެންދަވާނެ ކަމަށާއި އެ ރަށުގައި ހަދަންހުރި އިންފްރާސްޓްރަކްޗަރގެ ހުރިހާ މަޝްރޫއުއެއް 5 އަހަރު ތެރޭގައި ނިންމަވައި ދެއްވާނެ ކަމަށެވެ.
މުޢިއްޒު ވަނީ މާލޭގައި އޮތް ފަދަ ރީތި އާޓިފިޝަލް ބީޗެއް އޭދަފުށީގައި ހައްދަވައި ދެއްވާނެ ކަމަށާއި އޭދަފުށީގައި ކޮންވެންޝަން ސެންޓަރެއް ތަރައްގީ ކުރައްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.
މީގެއިތުރުން އިގުތިސާދީ ކުރިއެރުމަށްޓަކައި ޒުވާނުންނަށް ވަޒީފާގެ ފުރުސަތު އިތުރު ކުރުމަށްޓަކައި އޭދަފުށީގެ އިޚްތިސާސްގެ ތެރޭގައި މާއްޑޫ ހިމަނައިދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
One Response
އެމީހަކަށް ވެވުނު ވައުދެއްވެގެންވެސް ދައުލަތް އަތުޖެއްސުމަށް ސަރުކާރު ހޯދާށެވެ. ސަރުކާރު ލިބުނީމާ ދެން އެއޮތީ މާވަދިޔާއާއި ވަކަރުގަނޑާ ހިތެކެވެ. ބޭނުން ގޮތަކަށް ކޮށާ މަށާ ލާށެވެ. ރައްޔަތުން މަގުމަތީން ޖައްސާފިއްޔާ މޯޑީގެ އިންޑީޔާ ފޯސް ގެނަސް ތަޅާލާށެވެ. އޯކޭވާނެ! އެހެން މިބުނީ ފަހަރެއްގައި މިހާރު އެނެރޭ އެސްއޯ ކުދީންކޮޅު ރައްޔަތުންތައް ހަފުސްކޮށްލަން ނުކެރިދާނެތީއެވެ.