ޑރ.މުޢިއްޒު އިމާމުވެ ނަމާދު ކުރެއްވުމާއި އިލްމުވެރިންގެ ބަސް

Loading

Facebook
Twitter
WhatsApp

ގިނަ ބައެެއްގެ ސަމާލުކަން މިއަދު ހުއްޓުނީ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު އިމާމުވެ ނަމާދު ކުރައްވާން ހުންނެވި ފޮޓޯއަކަށެވެ. ސޯޝަލްމީޑިއާގައި މި ފޮޓޯ އާންމުވުމާއެކު ބައެއް ފަރާތްތަކުން ވަނީ މިކަމަށް ފާޑު ކިޔައިފައެވެ. ހަމައެއާއެކު ރާއްޖޭގެ މަޝްހޫރު ބައެއް އިލްމުވެރިން ވަނީ އެކަމާ ގުޅިގެން އިލްމީ ނަޒަރަކުން ވާހަކަދައްކަވައިފައެވެ.

ބައެއް މީހުން ދެކޭ ގޮތުގައި މިއީ މުޢިއްޒުގެ ދެއްކުންތެރިކަމެވެ. ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާތީ ގިނަ މީހުންގެ ލޯބި ހޯއްދަވަން ކުރެއްވި އަމަލެއް ކަމުގައެވެ.

ނަމަވެސް އެއާ ދެކޮޅަށް ވާހަކަ ދައްކާ މީހުން ބުނަމުންދަނީ މުޢިއްޒަކީ މީގެކުރިން ވެސް ފަސް ވަގުތު މިސްކިތުން ފެންނަ ބޭފުޅެއް ކަމަށެވެ. ނަމާދު ކުރަން ބާރުއަޅުއްވާ ބޭފުޅެއް ކަމަށެވެ. އެހެންކަމުން ކޮންމެ ދުވަސްވަރެއްގައި ވެސް ކޮންމެ ހާލަތެއްގައި ވެސް އެ ސިފަ އެފަދަ ބޭފުޅެއްގެ ކިބައިން ފެންނާނެ ކަމަށެވެ.

މުޢިއްޒު އިމާމުވެ ނަމާދު ކުރައްވާން ހުންނެވި ފޮޓޯ ހިއްސާކުރައްވަމުން ޕީޕީއެމްގެ ސެނެޓަރަކު ބުނުއްވީ ފޮޓޯ ފެނިފައި ހަނދާނަށް އަންނަނީ ކެމްޕޭނު ފަށަން އޮފީހުގައި ގޮނޑި މޭޒުޖެހި ދުވަހުގެ މަތިން ކަމަށެވެ. އޭނާ ބުނުއްވި ގޮތުގައި ފަރުނީޗަރު ރޭވުމަށް ފަހު ސިސްޓަމުތަށް ބަހައްޓަނިކޮށް ޑރ.މުޢިއްޒު ވަޑައިގެން އާދައިގެ މަތިން މަސައްކަތް ދާ ގޮތް ބެއްލެވުމަށް ފަހު ވަޑައިގަތެވެ.

އަދި ހަތަރު ވަރަކަށް މިނެޓު ފަހުން އަލުން ވަޑައިގެން ސޯފާ މަތީގައި މުސައްލައެއް ބޭއްވެވުމަށްފަހު “ބަރާބަރަށް ފުލް ސްޕީޑުގައި އެފޯރޓު ލާންވާނެ“ ކަމަށް ޑރ.މުޢިއްޒު ވިދާޅުވިކަމަށް ވެސް އޭނާ ބުނުއްވިއެވެ.

“ސޯފާ މަތީގައި އޮތް މުސައްލައަށް އިޝާރާތްކޮށް ވިދާޅުވި މިކަމަށް [ނަމާދަށް] ދޭ ސަމާލުކަން ވެސް ވާނެ ބަރާބަރަށް ބަހައްޓަން“

ފޮޓޯއާ ގުޅިގެން ފާޑުވިދާޅުވި އެއް ބޭފުޅަކީ އަދާލަތު ޕާޓީގެ ޑރ.މުޙައްމަދު އިޔާޟެވެ.

“2023 ސެޕްޓެމްބަރު 9 ވަނަ ދުވަހު އޮންނަ އިންތިޚާބަކީ ދިވެހި ރައްޔިތުން ގޮވައިގެން އިމާމްވެ ނަމާދުކުރާނީ ކާކުތޯ ބަލަން ބާއްވާ އިންތިޚާބެއް ނޫން. އެއީ ކުރިޔަށް އޮތް ފަސް އަހަރު ދުވަހު ގައުމުގެ ހުރިހާކަމެއް ބަލަހައްޓާ ހިންގުމުމުގެ ހުންގާނު ހަވާލުކުރާނީ ކާކާތޯ ބަލަން ބާއްވާ އިންތިޚާބެއް. ނަމާދުގެ އިމާމުގެ ކިބައިގާ ހުންނަންޖެހޭ ޝަރުތުތަކަކީ ތަފާތުކަމެއް.“

ޮއިޔާޟް ވިދާޅުވީ އިމާމުވެ ނަމާދު ކުރަން ޖެހޭނީ އެ ޖަމާއަތަކަށް ހާޒިރުވެ ހުރި, އެންމެ ބޮޑަށް ޤުރްއާން ހިތުދަސް އަދި ނަމާދުގެ ފިޤްހީ މައްސަލަތައް އެންމެ ބޮޑަށް ދަންނަ މީހަކު ކަމަށެވެ. އެއީ ވަކި ދުވަސްވަރެއްގައި ފޮޓޯ ނަގަން ކުރާކަމަކަށް ވެގެން ނުވާނެ ކަމަށާއި ނޫންނަމަ މާޢޫން ސޫރަތުގައި ބަޔާންވެފައިވާ ވަޢީދުގެ ތެރެއަށް ވަދެގެން ހިނގައިދާނެ ކަމަށް ވެސް އިޔާޟް ވިދާޅުވިއެވެ.

ޑރ.އިޔާޟް މުޢިއްޒަށް ފާޑުވިދާޅުވި ނަމަވެސް އަދާލަތު ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ޝައިޚް ޢަލީ ޒައިދުގެ ވާހަކަ ތަފާތެވެ.

އޭނާ ވިދާޅުވީ އާދަވެގެން ނަމާދު ކުރާމީހަކު އިންތިޚާބުތެރޭގައި ވެސް ނަމާދުކުރާތަން ފެންނާނެ ކަމަށާއި އެއީ މައްސަލައެއް ކަމުގައި ދެކެވަޑައިނުގަންނަވާ ކަމަށެވެ.

“މައްސަލަ އޮތީ ރުމާ ތާކިހާ އަޅައިގެން މިސްކިތަށް ބޯ ވެސް ނުލާ މިހަކު އިންތިޚާބު ދުވަސްވަރު ނަމާދުކުރާކަން ދައްކަން ފޮޓޯ ނަގައިލުމުގައި. އޭރުން އެއީ ދެއްކެން ކުރާކަމެއް ކަމުގައި ބުނުމުގެ ޖާގަ އޮންނާނެ.“ މި ތަނުގައި ޒައިދު އެ އިޝާރަތް ކުރައްވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ކަމަށް ބެލެވެއެވެ.

އިޔާޟްގެ ވާހަކައަށް ރައްދު ދެއްވައި ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިޚް އާދަމް ނިޝާން ވަނީ އިބްނު ތައިމިއްޔާ ބަޔާންކުރައްވާފައިވާ ބަސްފުޅެއް ފޭސްބުކްގައި ހިއްސާ ކުރައްވައިފައެވެ.

“ސުންނަތް ގޮތަކީ މުސްލިމުންގެ ވެރިމީހާ / އަމީރު، މީސްތަކުންނަށް އިމާމުވެ ނަމާދުކުރުމަށް އެންމެ ފުރަތަމަ އިސްކުރުން ކަމަށެވެ. އަދި ޙަސަންގެފާނު އަވަހާރަވުމުން އެކަލޭގެފާނުގެ އަޚް ޙުސައިންގެފާނު ކަށުނަމާދު ކުރުމަށް އިސްވެވަޑައިނުގެން މަދީނާގެ ވެރިޔަކަށް ހުންނެވި ބޭކަލަކަށް އިމާމްވެ ކަށުނަމާދުކޮށްދެއްވުން އެދި ދަންނަވާފައި ވިދާޅުވީ އެއީ ސުންނަތަކަށް ނުވާނަމަ ނަމާދު ކުރުމަށް އިސްނުކުރެއްވީސް ކަމުގައެވެ.“ ޝައިޚް ލިޔުއްވާފައި ވެއެވެ.

ޝައިޚް ޝަފީޢު ވިދާޅުވީ ނަމާދަށް ފަރުވާތެރިވުމަކީ ކޮންމެ މުސްލިމެއްގެ ވެސް ހުންނާން ޖެހޭ ލާޒިމީ ސިފައެއް ކަމަށެވެ. އަދި މުސްލިމް ރައްޔިތުންތަކެއްގެ ވެރިޔަކަށް ކުރިމަތިލާ މީހެއްގެ ގައިގައި އެ ސިފަ ހުރުމަކީ އިތުރަށް ލާޒިމުވެ ވާޖިބުވެގެންވާ ކަމެއް ކަމަށެވެ.

Loading

7 Responses

  1. އީއާއުޓު ކަލޭ މުޖުރިމުންނާއި މުހުސިނުން ހަމަހަމަ ކުރަނީ ކީއްވެ. ހާދަހައި ނުބައި ހުކުމެކޭތީ. އިންގޭނެ އެކަމުގެ ހުކުމްވެސް ކަލެޔަށް!

  2. ބަލަ މިސްކިތް ކުރިމަތިން އާދަވެ ދަތުރުކުރާއިރުވެސް މިސްކިތަށް ނާރާ މީހަކު2018ގެ އިންތިޚާބަށް ކެމްޕޭން ކުރުމުގަ މިސްކިތަށް އަރަންފެށީމަ ކަންދައް ކަން ފޮޓޯތައް އާއްމު ކުރި ގްރޫޕްނޫންތޯ އިޔާޒްމެން ނަކީ. ދެން އާއްމުކޮށް ފަސްވަގުތު ނަމާދުކުރާމީހަކު އިމާމްވެ ނަމާދުކުރީމަ އެކަމާ ހިތް ނުތަނަވަސް ވެގެން އުޅެންވީ ކީއްވެތޯ ވެދާނެ ނޫންތޯ އެމީހުން އެދިގެން އެކަން ކުރުވީ ކަމަށްވެސް އަދި އިޔާޒު ބުނާހެން ކިހިނެއް އެނގެނީ އެތާހުރި އެންމެ ބޮޑަށް ޤުރުއާން ހިތުދަސްމީހަކީ މުއިއްޒު ނޫން ކަމެްްވެސް ހަސަދަ ބާލާލީ

  3. ތަންދޮރު ނުބަލާ އިޔާޒްމެން ހަސަދަޔައިގެން ތެޅިފޮޅި ގަތީ ވެދާނެ ނޫންތޯ މުއިއްޒު އާއެކީ ކެމްޕޭނުގަ އުޅޭ މީސްކޮޅު ޖަމާޢަތަށް ލައްވާ ނުލީމަ ފަހުން ޖަމާއަތް ހަދައިގެން ނަމާދު ކުރީ ކަމަށް ވެސް ފެންނަނީ މަދު މީސްކޮޅެއް ނޫންތޯ

  4. އިސްލާމީކޮންމެ ޤައުމެއްގައި ވަލިއްޔުލްއަމުރަކަށް އިސްކުރެވޭ މީހާ ރައްޔިތުން ގޮވައިގެން އިމާމުވެ ނަމާދުކުރުން މަނީކުރެވިފައިނުވޭ! ނަމަވެސް މިފަދަ ފޮޓޯ ނަގައި އިޝްތިހާރު ކުރުމަކީ ދެއްކުންތެރިކަން

  5. އަޅުގަނޑުހިތަށްއަރަނީ ޢިޔާޒަކީ ހަމަ އަސްލުގައިވެސް ދީނީޢިލްމުވެރިއެއްބާވައެވެ! ނޫނީ ދުނިޔެ އެދުންވެރި މުނާފިގެއްބާވަ އެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް