އިންގިރޭސި ފުޓުބޯޅަ ލީގުގައި މިރޭ ލިވަޕޫލްއާއި ލިންކޮން ބައްދަލުކުރި މެޗް 7:2ގެ ނަތީޖާއިން ފަސޭހަކަމާއިއެކު ލިވަޕޫލުން ކާމިޔާބު ކޮށްފިއެވެ. މިމެޗުގައި ލިވަޕޫލްގެ ފަރާތުން ތަފާތު ކުޅުމެއް ފެނިގެން ގޮސްފައިވެއެވެ.
ރޭ ކުޅެވުނު މިމެޗުގެ ގޯލްތައް ހުޅުވާލަދިނީ މެޗުގެ 9 ވަނަ މިނިޓުގައި ލިވަޕޫލްގެ މިޑްފީލްޑަރ ޝަކީރީއެވެ. އޭގެ ފަހުން މާގިނައިރު ތަކެއް ނުވެ މެޗްގެ 18 ވަނަ މިނިޓުގައި މ.ޓަކުމީ ކާމިޔާބު ކޮށްދިން ގޯލުން ލިވަޕޫލްގެ ލީޑް ފުޅާކޮށްދިނެވެ. އެއަށްފަހު ލިވަޕޫލްގެ 17 ނަންބަރު ޖޯންސް ވަނީ މެޗްގެ 32 އަދި 35 ވަނަ މިނިޓުގައި ޖެހިޖެހިގެން ދެގޯލް ކާމިޔާބު ކޮށްދީ، 4-0 އަކަށް ނަތީޖާ ބަދަލު ކޮށްދީފައެވެ. ފުރަތަމަ ހާފް ނިމިގެންދިޔައީ މިނަތީޖާއާއި އެކީއެވެ.
ލިވަޕޫލުން ދެވަނަ ހާފް ފެށީ އެޓީމުގެ އިތުބާރު ޑިފެންޑަރ ވެންޑައިކްގެ ބަދަލުގައި ފަބީނިއޯ ކުޅުމުގެ ތެރެއަށް ނުކުތުމަށް ފަހުގައެެވެ. ދެވަަނަ ހާފް ފެށިގެން ފުރަތަމަ މިނިޓުގައި ޓަކުމީގެ ދެވަނަ ގޯލް ކާމިޔާބުކޮށްދީ 5-0 އަކަށް ނަތީޖާ ބަދަލު ކޮށްދިނެވެ. ލިންކޮންއަށް މެޗްގެ ފުރަތަމަ ގޯލް ކާމިޔާބު ކޮށްދިނީ މެޗްގެ 60 ވަނަ މިނިޓުގައި ޓ.އެޑުން އެވެ. އެއަށްފަހު 65 މިނިޓުގައި އަނެއްކާވެސް ލިވަޕޫލްގެ ގްރުޖިޗް ކާމިޔާބު ކުރި ގޯލާއިއެކު މެޗްގެ ނަތީޖާ 6-1 އަކަށް ބަދަލު ކޮށްލިއެވެ. ޖެހިގެން އައި މިނިޓުގައި ލިންކޮންގެ ޑިފެންޑަރ މޮންޓްސްމާ ކާމިޔާބު ކޮށްދީ، ފަރަޤު ކުޑަ ކޮށްދިނެވެ. ލިވަޕޫލްގެ 7 ވަނަ ގޯލް ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވަރޑް އޮރިޖީއެވެ. މިލަނޑު ކާމިޔާބު ކޮށްދިނީ 89 ވަނަ މިނިޓުގައި ޓަކުމީގެ އެސިސްޓަކުންނެވެ.
މިމެޗުގައި ދެޓީމުންވެސްވަނީ ގިނަ ބަދަލުތަކެއް ކޮށްފައެވެ. ލިވަޕޫލްގެ ފަރާތުން މިމެޗުގައި ފެނުނު މޮޅު ކުޅުމަށް ގިނަބަޔަކު ތަޢުރީފްކޮށްފައި ވެއެވެ.