ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒުވެގެންދާނީ ރާއްޖޭގެ “އުރުދުޣާނަށް“ ކަމަށާއި ޑރ.މުޢިއްޒު ވެގެންދާނީ ދިވެހިންނަށް ދިމާވެފައިވާ މައްސަލަ ތަކަށް ހައްލު ހޯއްދަވައިދެއްވާނެ ބޭފުޅަކަށް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ރޭ ވިދާޅުވެއްޖެއެވެ.
ފުވައްމުލަކުގައި ރޭ ބޭއްވި ޑރ.މުޢިއްޒުގެ ކެމްޕޭން ޖަލްސާގައި ޑރ.ޝަހީމް ވިދާޅުވީ މުޢިއްޒަކީ އިލްމީ އަދި ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެއް ކަމަށެވެ. އަދި މުޢިއްޒަކީ ދިވެހި ގައުމުގެ މިނިވަންކަމާއި ސިޔާދަތު ކޮމްޕްރޮމައިޒް ވާފަދަ ކަންކަން ކުރައްވާނެ ބޭފުޅެއް ނޫން ކަމަށާއި ގައުމުގެ މިނިވަންކަން ދަމަހައްޓަވާާނެ ކަމަށެވެ.
ބޭރު ގައުމެއްގެ ސްޓޭޓެއްގެ ގޮތުގައި ރާއްޖެ އޮޮޕަރޭޓް ކުރުމަކީ ދިވެހިން ބަލައިގަންނާނެ ކަމެއް ނޫންކަން ފާހަަގަކުރައްވައި ޝަހީމް ވަނީ ޕީޕީއެމްގެ ސަރުކާރެއްގައި ދިވެހި ގައުމު އަނބުރާ ހޯދާނެ ކަމަށް ވެސް ވިދާޅުވެފައެވެ.
“އަރަބި ގައުމުގެ ތެޔޮ ހޮޅިތައް ކާށިދޫ ކަނޑުން ނެރެން ޖެހުނަސް އަޅުގަނޑުމެން އެކަން ކުރާނަން އިރާދަކުރެއްވިއްޔާ. މި ދެންނެވީ ތެޔޮ ހޮޅިތައް ގެންނަ ވާހަކައެއް ނޫން. އަރަބި އިސްލާމީ ގައުމުތަކުގެ ރައްޔިތުން ކައިގެން ތިބިއްޔާ އަޅުގަނޑުމެން ތިބޭނީ ކައިގެން.“
ޑރ.ޝަހީމް ސިފަކުރެއްވި ގޮތުގައި ޑރ.މުޢިއްޒަކީ ތުރުކީގެ ރައީސް އުރުދުޣާންފަދަ ގައުމަށް އިޚުލާސްތެރި ބޭފުޅެކެވެ.