ސަންދާނު އަހަންމައިދީ ނިޔާވެއްޖެ

Loading

August 23, 2023
profile
Facebook
Twitter
WhatsApp

ރައީސް އޮފީހުގެ ހިއުމަން ރައިޓްސް އެމްބެސެޑަރު ކަން ކުރެއްވި އަހުމަދު އިބްރާހިމް ދީދީ (ސަންދާނު އަހަންމައިދީ) ނިޔާވެއްޖެއެވެ.

ސަންދާނު އަހަންމައިދީގެ އާއިލާއިން މައުލޫމާތު ދިން ގޮތުގައި އޭނާ ނިޔާވީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އޭނާ ނިޔާވިއިރު އުމުރަކީ 72 އަހަރެވެ.

އެނގިފައިވާ ގޮތުގައި ސަންދާނު އަހަންމައިދީ ނިޔާވީ ހާޓްއެޓޭކެއް ޖެހިގެންނެވެ.

ސަންދާނު އަހަންމައިދީގެ ކަށު ނަމާދު މިއަދު އަސުރު ނަމާދަށް ފަހު ހުޅުމާލޭ ސަރަހާ މިސްކިތުގައި އޮންނާނެއެވެ. އަދި މޫނު ދެއްކުން އަސުރު ނަމާދާ ހަމައަށް އެ މިސްކިތުގައި އޮންނާނެއެވެ.

ސަންދާނު އަހަންމައިދީއަކީ 1999 ވަނަ އަހަރު އުފެއްދި ސަންދާން ނޫހުގެ އެއް ހިއްސާދާރެވެ. ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި އޭނާ ހައްޔަރުވެސް ކުރިއެވެ.

Loading

One Response

Leave a Reply to Anonymous Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް