ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ޝަރުއީ ދާއިރާގެ ވާހަކަ ދެއްކުން ހުއްޓާލަން ޖެހޭކަމަށް ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ އިސް ވަކީލު ޑރ.މުޙައްމަދު ޖަމީލު މިއަދު ވިދާޅުވެއްޖެއެވެ.
ޑރ.ޖަމީލު މިއަދު ވިދާޅުވީ ރައީސް ޞާލިޙް ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުއްވަވާކަމުގެ ބައިވަރު ހެކިތައް އެބަހުރި ކަމަށެވެ.
ނުފޫޒު ފޯރުއްވަވާކަން ސާބިތުވާ ގަތަޢީ ހެކިތަކުގެ ތެރޭގައި ރައީސް ޔާމީނަށް ޙުކުމް ޖަހާ ކޮންމެ ގާޟީއަކަށް ދެވޭ މަގާމުގެ ކުރިއެރުން ހިމެނޭ ކަމަށާއި ޖޭއެސްސީ މިނިވަން ނުކޮށް މާފިޔާއަކަށް ހަދާފައިވުމާއި ރައީސް ޔާމީން އިންތިޚާބުން މަޙްރޫމްކޮށް އަނިޔާވެރިކޮށް ޖަލައްލާފައިވުން ހިމެނޭކަމަށް ޖަމީލު ވިދާޅުވިއެވެ.
“ނުފޫޒުފޯރުވާ، ނުފޫޒު އެބައޮތް، ނުފޫޒުން ރ.ޔާމީން އިންތިޚާބުން މަޙްރޫމްކޮށް އަނިޔާވެރިކޮށް ޖަލައްލާފައިވަނީ.“
މީގެއިތުރުން އެމްއެމްޕީއާރްސީގެ ރިޕޯޓްގައިވާ 270 މީހުންގެ ތެރެއިން އެމްޑީޕީގެ އިސް ފަރާތްތައް ހިމެނޭތީ ދަޢުވާ ނުކުރުމާއި ނުފޫޒު ފޯރުވައިގެން ކެބިނެޓްގެ ވަޒީރު އަޙްމަދު މަޙްލޫފުގެ މައްސަލަ ޝަރީޢަތުން އަބުރާ ގެންދިއުން ހިމެނޭކަމަށް ވެސް ޖަމީލު ވިދާޅުވިއެވެ.
ޖަމީލު ވިދާޅުވީ 2018 ގައި ފުލުހުން މެދުވެރިކޮށް ސީދާ ރައީސް ޔާމީން 2023 ގެ ރިޔާސީ ރޭހުން އެއްކިބާ ކުރަން ދަޢުވާތައް ޅިޔަނު ޕޮލިސް ކޮމިޝަނަރ މެދުވެރިކޮށް އުފަން ކުރުވާފައިވާ ކަމަށެވެ. އަދި ކޯޓްތައް ތާށިކޮށް އިދާރީ ހިންގުމަށް ހުރަސްއަޅާކަން ސްޕްރީމް ކޯޓުން މިއަދު ބުނުމަކީ ވެސް އޭގެ ހެއްކެއް ކަމަށް ޖަމީލު ވިދާޅުވިއެވެ.