ޝަރުތު ހަމަވާ އެންމެންނަށް އައްޑޫން ގޯތި ދިނުމަށް ނިންމައި މާދަމާ ލިސްޓު އިއުލާނުކުރަނީ

Loading

Facebook
Twitter
WhatsApp

އައްޑޫ ސިޓީން ދޫކުރާ 1000 ގޯއްޗަށް އެދި ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވާ އެންމެންނަށް ގޯތި ދިނުމަށް ނިންމައި ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓް މާދަމާ އިއުލާނުކުރަން ނިންމައިފިއެވެ.

އައްޑޫ ސިޓީން ގޯތި ދޫކުރަން ނިންމައި ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލީ މިދިޔަ ފެބްރުއަރީގައެވެ.

އޭރު އިިއުލާނުކުރީ 1000 ގޯތި ދޫކުރުމަށެވެ. އެއީ ހިތަދޫން 

500 ގޯއްޗާއި މީދޫން 100 ގޯއްޗާއި ފޭދޫން 300 ގޯއްޗާއި ހުޅުދޫން 100 ގޯއްޗެވެ.

މި ގޯތިތަކަށް އެދި ޖުމްލަ 4160 މީހުން ފޯމު ހުށަހެޅިއެވެ. ޝަރުތު ހަމަވީ 3972 މީހުންނެވެ. އަދި ޝަރުތު ހަމަނުވާ 188 ފޯމަށް ޝަކުވާ ހުށަހެޅުމަށް ވަނީ ހުޅުވައިލާފައެވެ.

އައްޑޫ ސިޓީގެ މޭޔަރު ޢަލީ ނިޒާރު ވިދާޅުވީ ގޯއްޗަށް އެދިފައިވާ ފަރާތް ތަކުގެ ތެރެެއިން ޝަރުތު ހަމަވާ ހުރިހާ ފަރާތް ތަކަށް ގޯތިދޭން ކައުންސިލް ނިންމާފައިވާ ކަމަށެވެ. 

“ފުރަތަމަ ފަހަރަށް ކައިވެނި ނުކޮށް ތިބިކަމުގައި ވިޔަސް ޒުވާނުންނަށް ގޯތިދޭން ކައުންސިލުން ވަނީ ނިންމާފައި.“ 

ނިޒާރު ވިދާޅުވީ މާދަން ލިސްޓް އިއުލާން ކުރެވޭނެ ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް