ޔޫކްރެއިންދޭ ވަރުގަދަ ޙަމަލާތަކުން އަމިއްލަ ލަޝްކަރުތަކަށް ލިބޭގެއްލުން ބޮޑީ

Loading

Facebook
Twitter
WhatsApp

ނިއުޔޯރކް ޓައިމްސް އިން ޚަބަރު ދީފައިވާގޮތުގައި ހުޅަނގުން ފޯރުކޮށްދެމުން ގެންދާ ބާރުގަދަ ބަރު ހަތިޔާރާއެކު ޔޫކްރެއިނުން ރަޝިޔާގެ ސިފައިންނަށް އަމާޒުކޮށްގެން ދެމުންގެންދާ ވަރުގަދަ ކައުންޓަރ އޮފެންސިވް ތަކުންޔޫކްރެއިނަށް ލިބެމުންދާ ގެއްލުން ދެގުނައަށްވުރެންވެސް އިތުރު ވެއްޖެކަމަށް އެމެރިކާގެ ޖޮއިންޓް ޗީފް އޮފް ސްޓާފްގެ ރިތާސަތު ޖެނެރަލް މާރކް އޭ މިލޭ ހާމަކޮށްފިއެވެ.

ޖެނެރަލް މިލޭ ބުނެފައިވާ ގޮތުގައި ޔޫކްރެއިނަށް ހަނގުރާމާގައި ލިބެމުންދާ ގެއްލުން ހާމަކުރުމުގެ ސަގާފަތެއް އެގައުމުން ނުގެންގުޅުނު ނަމަވެސް ރަޝިޔާއާއިއެކު މިހާރު ކުރެވެމުންދާ ހަނގުރާމައިގާ ޔޫކްރެއިންގެ އެއްލައްކަ ސިފައިންނަށްވުރެންވެސް ގިނައިން ވަނީ މަރާލެވިފައެވެ.

އަދި ހުޅަނގުން ދާދިފަހަކުން ފޯރުކޮށްދިން ބާރުގަދަ އަދި ބަރު ހަތިޔާރުތަކާއިއެކު ދެމުންގެންދާ ކައުންޓަރ އޮފެންސިވްގައި މަރުވަމުންދާ އެމިއްލަ ފައުޖުތަކުގެ ހަށިތަކުން މޯގުތައް ދަނީ ފުރެމުންނެވެ.

ހަމައެއާއިއެކު ޔޫކްރެއިނަށް ލިބެމުންދަނީވެސް ނިސްބަތުން ވަރަށްކުޑަ ކުރިއެރުމެކެވެ. މިސަބަބަށްޓަކައި ހުޅަނގުން ފޯރުކޮށްދީފައިވާ ޒަމާނީ ހަތިޔާރުތައް އެއްފަރާތުގައި ބަހައްޓާފައި ޔޫކްރެއިންގެ ސިފައިންނަށް ކުރިއްސުރެން ދަސްވެފައިއޮތް ގޮތަށް ރަޝިޔާގެ ސިފައިންނާއި ކުރިމަތި ލުމުގެ ވިސްނުމެއް ވެސް މިހާރު އަންނަނީ ޔޫކްރެއިންގެ ސިފައިންގެ މެދުގައިއަށަގަންނަމުންނެވެ.                     

ސެންޓަރ ފޯރ ސްޓްރާޓީޖިކް އެންޑް އިންޓަރނޭޝަނަލް ސްޓަޑީޒްގެ ފަރާތުން ވާހަކަ ދެއްކެވި އެ ސެންޓަރުގެ ޑިރެކްޓަރ ސޭތު ޖޯންސް ދެކޭގޮތުގައި ރަޝިޔާއާއި ޔޫކްރެއިނުން ކުރަމުން ގެންދާ ހަނގުރާމަ ނިމުމަކަށް ނައިސް އަހަރުތަކަކަށް ދެމިގެން ދިއުމުގެ ފުރުސަތު ވަރަށްބޮޑެވެ.                               

މިކަމާއި ގުޅޭގޮތުން މައުލޫމަތު ހޯދުމަށް ބިޒްނަސް އިންސައިޑަރުން ކުރި މަސައްކަތުގައި ރަޝިޔާގެ ދިފާއީ ވުޒާރާއިން އެއްވެސް އެއްޗެއް ބުނާކަށް ބޭނުމެއް ނުވިއެވެ. މިހަނގުރާމާގައި އެތަކެއް މިލިޔަން މީހުން މިހާރުވެސް ވިއްސިވިހާލިވެ ވަނީ ވަރަށްނިކަމެތި ޙާލުގައިޖެހިފައެވެ.  

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް