ގދ.ހޯނޑެއްދޫގައި ހުންނަ އެމްޑީޕީގެ ހަރުގެއަށް ރޭ ބަޔަކު ކަޅުތެޔޮ ޖަހައިފިއެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ހަރުގޭގައި ހުރި ގޮނޑިތަކާއި މޭޒުތަކާއި އެހެނިހެން ތަކެއްޗަށް ވެސް ކަޅުތެޔޮ ޖަހައި ވަނީ ގެއްލުންދީފައެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
އަދި މި މައްސަލާގައި އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ވެސް ފުލުުހުން ބުންޏެވެ.
ހޯނޑެއްދޫ އެމްޑީޕީ ހަރުގެއަށް ކަޅުތެޔޮ ޖަހާފައިވާއިރު, އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ގދ.މަޑަވެއްޔަށް ވަޑައިގެން ޖަލްސާ ބާއްވަން ތައްޔާރުކުރި ތަނުގައި މިދިޔަ ހަފުތާގައި ވަނީ ހުޅު ޖަހައިފައެވެ.
ރައީސް ވިދާޅުވި ގޮތުން ރިޔާސީ އެ ތަން ރޯކޮށްލީ އެމްޑީޕީން މިހާރު ކުރަމުންދާ ކެމްޕޭން ކާމިޔާބުކަމާއެކު ކުރިއަށްދާތަން ވާދަވެރިންނަށް ފެނުމުން ފިތުނަ ކުރުމުގެ ބޭނުމުގައި ކަމަށެވެ.