ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް މާލޭގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު ހއ.އަތޮޅަށާއި ހދ.އަތޮޅުގެ ރަށްތަކަށް މިއަދު ފުރާވަޑައިގެންފިއެވެ.
މުޢިއްޒުގެ ތަރުޖަމާނު ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ޠަލާލް ވިދާޅުވީ މުޢިއްޒު މިއަދު ހަނިމާދުއާއި ނޮޅިވަރަމާއި ކުޅުދުށްފުށްޓަށް ވަޑައިގަންނަވާނެ ކަމަށެވެ. އަދި މިރޭ ކުޅުދުށްފުށީގައި ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ޠޮލާލް ވިދާޅުވިއެވެ.
މާދަމާ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މަކުނުދޫއާއި ހޯރަފުށްޓާއި އިހަވަންދުއަށް ކަމަށް ޠޮލާލް ވިދާޅުވިއެވެ.
އަދި ހޯމަ ދުވަހު އުތީމާއި ވަށަފަރާއި ކެލާއާއި ބާރަށާއި ދިއްދުއަށް ވަޑައިގަންނަވާނެ ކަމަށް ވެސް ޠޮލާލް ވިދާޅުވިއެވެ.
ރިޔާސީ ކެންޑިޑޭޓްގެ ހައިސިއްޔަތުން މުޢިއްޒު ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި އޭނާގެ ރަނިންގމޭޓް ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ޙުުސައިން މުޙައްމަދު ލަޠީފާއި ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕްގެ ބޭފުޅުން ވެސް ބައިވެރިވެވަޑައިގަންނަވައެވެ.