ބޯނަސްގެ ގޮތުގައި އެމްއޭސީއެލްްގެ ކޮންމެ މުވައްޒަފަކަށް 25،000ރ

Loading

August 10, 2023
profile
Facebook
Twitter
WhatsApp

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މުވައްޒަފުންނަށް އަހަަރީ ބޯނަސްގެ ގޮތުގައި މި އަހަރުވެސް 25،000 ރުފިޔާ ދިނުމަށް ނިންމައިފިއެވެ.

އެމްއޭސީއެލްއިން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ މިދިޔަ އަހަރުގެ އަހަރީ ބޯނަހުގެ ގޮތުގައި ކުންފުނީގެ މުވައްޒަފުންނަށް 25,000 ރުފިޔާ ދިނުމަށް ކުންފުނީގެ ބޯޑުން ނިންމާފައިވާ ކަމަށެވެ.

އެ ބޯނަސް ލިބޭނީ މިިދިޔަ އަހަރު އެއްކޮށް މަސައްކަތް ކޮށްފައިވާ މުވައްޒަފުންނަށް ކަމަށް ވެސް ސާކިއުލާގައިވެއެވެ. ނަމަވެސް ޑިސިޕްލިނަރީ ޕޮލިސީގެ ދަށުން މިދިޔަ އަހަރު ވަޒީފާއިން ވަކިކޮށްފައިވާ މުވައްޒަފުންނަށް ބޯނަސް ނުލިބޭނެ ކަމަށް ވެސް ސާކިއުލާގައި ވެއެވެ.

މިދިޔަ އަހަރުގެ ބޯނަސް ފައިސާ މި މަހުގެ 12ގެ ކުރިން މުވައްޒަފުންގެ އެކައުންޓަށް ޖަމާވާނެ ކަމަށް އެ ސާކިއުލާގައި ވެއެވެ.

Loading

One Response

  1. ކޮބާ މައްސަލައަކީ. އަމިއްލަ ކުންފުނި ތަކުން އެމީހުން ބޭނުން މީހަކަށް ބޭނުން އެއްޗެއް ދޭނެތާ

Leave a Reply to މަންމަނު Cancel reply

ފަހުގެ އަޕްޑޭޓް