އަބަދުވެސް ޔާމީނަށް ވަފާތެރިވާނަން: މުޢިއްޒު

Loading

Facebook
Twitter
WhatsApp

އަބަދުވެސް ހުންނަވާނީ ރައީސް ޔާމީން ޢަބްދުލްޤައްޔޫމަށް ވަފާތެރިކަންމަތީގައި ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް މާލޭގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.

ޕީޕީއެމްއިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުޢިއްޒުގެ ވާހަކަ ފަށްޓަވަމުން ވިދާޅުވީ އޭނާއަށް އިތުބާރު ކުރައްވައި ތާއީދު ކުރައްވަން ރައީސް ޔާމީން ނިންމެވި ނިންމެވުމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި އިންތިޚާބު ކާމިޔާބުކޮށް އެންމެ ފުރަތަމަ ވެސް ގާނޫނީ ހަމަތަކުގެ މަތިން އެމަނިކުފާނު މިނިވަންކުރުމަކީ އެންމެ އިސް ޒިންމާކަމަށް ވެސް މުޢިއްޒު ވިދާޅުވިއެވެ.

މިކަމުގައި ލީޑާޝިޕްގެ ހުރިހާ ބޭފުޅުން ތިއްބެވީ އެކުގައި ޚިޔާލުތަފާތުވުމެއް ނެތް ކަމަށާއި އެންމެން ތިބީ އެއް އަޒުމެއްގައި ނުކުމެ ކަމަށް ވެސް މުޢިއްޒު ވިދާޅުވިއެވެ.

މީގެއިތުރުން މުޢިއްޒު ވިދާޅުވީ އޭނާއަކީ އަބަދު ވެސް ރައީސް ޔާމީނަށް ވަފާތެރި ބޭފުޅެއް ކަމަށާއި އެއީ އަބަދުވެސް އެކަން އޮންނާނެ ގޮތް ކަމަށެވެ.

“އަޅުގަނޑަކީ އަޅުގަނޑު ދައްކާ ވާހަކައާ އަމަލާ ދިމާވާ މީހެއް. ރައީސް ޔާމީނަށް އަޅުގަނޑުގެ ހިތުގަޔާ އަމަލީ ގޮތުން ވެސް ފެންނަ ވަފާތެރިކަމާއި ލޯޔަލްއަކީ އަބަދުވެސް އޮންނާނެކަމެއް. ކުރިއަށް އޮތް ތާގަ ވެސް އޮންނާނެކަމެއް. އެހެންވީމަ އެކަމާ ޝައްކުކުރާނެ މީހެއް ނުވޭ ހުންނާނެހެނެއް. ހަމަ ޔަގީނުން ވެސް ރައީސް ޔާމީން އެކަމަކަށް ޝައްކެއް ނުކުރައްވާ.“

ރޭގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް (އަދުރޭ) ވެސް ވަނީ މުޢިއްޒާއި އޭނާގެ ރަނިންގމޭޓް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފަކީ ރައީސް ޔާމީން އެންޑޯސް ކުރައްވާފައި ތިއްބެވި ދެ ކެންޑިޑޭޓުން ކަމަށާއި ލީޑާޝިޕް އޮތީ އެ ދެ ކެންޑިޑޭޓުންނާ އެކީގައި ކަމަށް ވިދާޅުވެފައެވެ. 

Loading

2 Responses

  1. ޔާމީނުގެ އިންޑިޔާ އައުޓް ނިމުނީއެވެ. ފަހަރަކުކަމެއް ފަހަރަކުކަމެއް ބާކީ ކުރަމުން ބާކީ ކުރަމުން މަންޒަރުން ޔާމީން އެއްކޮށް އިންތިޚާބު ނިމޭއިރަށް ފޮހެލެވޭނެއެވެ. ބައްލަވަން ތިބޭށެވެ. ޔާމީން ބުނަމުންއައި ފެހުރިހި ތިހިރީ ފެންނާށެވެ.

  2. ވޯޓު ހޯދަން އާދޭސްކުރަނީ ރައްޔިތުން ކައިރީ. އިންތިކާބުކުރެވެނީ ރައްޔިތުންގެ ވޯޓުން. ތެދުވެރިވެ ވަފާތެރިވާ ކަމަށް ތަކުރާރުކޮށް މި ބުނަނީ ވަކި މީހަކަށް. މިއީ ގަބޫލުކުރެވޭ ފަލްސަފާއެއް ނޫން

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް