ޕީއެންސީގެ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒަކީ ޕީޕީއެމްގެ ގެ ކެންޑިޑޭޓް ކަމަށް ނިންމާފައިވާ ކަމަށް ބުނެ ބައެއް ނޫސްތަކުގައި ލިޔެފައިވާ ޚަބަރު ޕީޕީއެމްއިން ދޮގުކޮށްފިއެވެ.
ޕީޕީއެމްއިން ބުނީ އެ ޕާޓީން ޕްލޭން ބީ އެއް ވުޖޫދުކޮށް ޕީއެންސީއިން ނެރޭ ކެންޑިޑޭޓަކީ ޕީޕީއެމްގެ ކެންޑިޑޭޓެއްކަމަށް ނިންމައިފިކަމަށް ބުނެ ބައެއް މީޑިއާތަކުން ފަތުރަމުން ގެންދާ ޚަބަރަކީ ކަނޑައެޅިގެން ދޮގު ޚަބަރެއް ކަމަށެވެ.
“ޒިންމާދާރު ނޫސްވެރިކަން ކުރައްވާއިރު ކަމުގެ ޙަޤީޤީ މައުލޫމާތު ހޯއްދެވުމަށްފަހު ނޫން ގޮތަކަށް ނޫސްތަކުގައި ނުލިޔުއްވުމަށް ގޮވާލަން. ޕީޕީއެމްގެ ފަރާތުން ޕީއެންސީ ގެ ރިޔާސީ ކެންޑިޑޭޓް އެންޑޯޒް ކުރަން ނިންމައި ޕީޕީއެމްގެ ޕްލޭން ބީއެއްގެ ގޮތުގައި ވުޖޫދުކޮށްފައި ނުވާނެ.
ޕީޕީއެމުން ޕްލޭން ބީ ނުވަތަ ސީ އަކާމެދު ވިސްނާނީ، ރައީސް ޔާމީން ޢަބްދުލްޤައްޔޫމަށް ވާދަ ނުކުރެއްވޭނެ ޙާލަތެއް މެދުވެރިވުމުން އެކަނިކަމަށް އެ ޕާޓީން ބުންޏެވެ.
ދިވެހިރާއްޖޭގައި މިވަގުތު އިދިކޮޅުގައި އޮތް އެންމެ ބޮޑު ޕާޓީ، ޕީޕީއެމް ގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ކަމަށާއި ޕީޕީއެމްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ތަދައްހުލުވެ ވަކާލާތު ކުރަމުން މިދަނީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑަސީ ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ނުބައިކޮށް ތަތުބީޤުކޮށްގެން ކަމާއި ރައީސް ޔާމީންގެ ކެންޑިޑެސީ ބަލައިގަތުމަށް ސުޕްރީމް ކޯޓުން އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރުކޮށްދިނުމަށް ކަމަށް އެ ޕާޓީންވބުންޏެވެ. ހަމައެއާއެކު ޕީޕީއެމްގެ ކެންޑިޑޭޓަށް ރިޔާސީ އިންތިޚާބުގައި ވާދަ ކުރުމުގެ ފުރުޞަތު ގެއްލޭނަމަ ޕީޕީއެމަށް ކެންޑިޑޭޓަކު ނެރުމުގެ ފުރުޞަތު ލިބިދިނުމަށް ކަމަށެވެ.
2 Responses
ވަކިބަޔަކު ބޭނުންވީމަ އެބަޔަކު ބޭނުންވާ ގޮތަށް ގާނޫނު މާނަކޮށްލެވޭ ވަކިބަޔަކު ބޭނުންވީމަ 4*4= 200000 ހަދާލެވިދާނެ … މިކަންކަން ގަބޫލު ނުކުރަނީ ތަނެއް ދޮރެއް ނޭންގޭ މީހަކު
ކިތަންމެ ވަރަކަށް ޔާމީން ޔާމީން ކިޔަސް މުއިއްޒަކީ އިތުބާރު ކުރެވޭ ކެންޑިޑޭޓެއް ނޫނެވެ. މާކުރިން ކެމްޕެއިން ޖައްސައިގެން ޔާމީން ކަޓާނެކަމުގައި ތައްޔާރުވެ ހުރިއެވެ. އަދި މުއިޒަކީ ދެފުއްދެގޮތް ޚަސީލަތް ނުބައި ހުދުމުހްތާރު އަނިޔާވެރިއެކެވެ. ޔާމީނަށް މީނަ އިނގޭނެއެވެ.،