އާދަމް ޝަރީފް ވިދާޅުވަނީ ޓިކެޓް ކަށަވަރު ކުރެވޭނެކަމުގެ %100 ޔަގީންކަން އެބައޮތް ކަމަށް

Loading

Facebook
Twitter
WhatsApp

ޕީއެންސީގެ ރިޔާސީ ޓިކެޓް ކަަށަވަރު ކުރެވޭނެ ކަމުގެ 100 ޕަސެންޓް ޔަގީންކަން އެބައޮތް ކަމަށް އެ ޕާޓީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް ވިދާޅުވީ ޕީއެންސީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވަން ނިންމެވީ މާފުށީ ޖަލުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ޖަލުން މިނިވަން ކުރެއްވުމަށާއި ޕާޓީގެ މެންބަރުންގެ ހައްގުގައި މަސައްކަތް ކުރެއްވުމުގެ ނިޔަތުގައި ކަމަށެވެ.

ރައީސް ޔާމީންގެ ޒައާމަތުގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވި އާދަމް ޝަރީފް ވިދާޅުވި ގޮތުގައި ރިޔާސީ ޓިކެޓް ކަަށަވަރު ކުރެވޭނެ ކަމުގެ 100 ޕަސެންޓް ޔަގީންކަން އޭނާއަށް އެބައޮތެވެ.

ޕީއެންސީގެ ރިޔާސީ ޓިކެޓަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު މެންދުރުފަހު 14:00 އަށް ހުޅުވާލައިފައިވާއިރު މިހާތަނަށް ޓިކެޓަށް ވާދަކުރައްވަން ނިންމަވާފައިވަނީ އާދަމް ޝަރީފްގެ އިިތުރުން މިއަދު ޕީއެންސީއަށް ސޮއިކުރެއްވި ޕީޕީއެމްގެ ކުރީގެ ނައިބު ރައީސް އަދި މާލޭގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒެވެ. 

ޑރ.މުޢިއްޒަކީ ރައީސް ޔާމީންގެ ޒައާމަތުގެ ހައުސިންގ މިނިސްޓަރެވެ.

ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ކަނޑައަޅަން ހަމަޖެހިފައިވަނީ މިއަދު 16:00 ގައި ބާއްވާ ސެނެޓު ބައްދަލުވުމުގައެވެ. ސެނެޓުގައި ތިއްބަވަނީ ޖުމްލަ 47 މެންބަރުންނެވެ.

Loading

2 Responses

  1. ތިޔައީ ކަންތައްތައް ވަރަށް ޔަގީން ބަޔެކެވެ. ޔާމީން މިނިވަންވާނެ ކަމަށްވެސް 100 ޕަރސަންޓް އާދަނުވެސް މުއިއްޒުވެސް ދިނެވެ. މިމީހުނަށް ހިސާބު ހަދާދެނީ އަދުރޭ އެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް