ކަރުބަލާ ހަނގުރާމަ ހިނގައިދިޔަ ދުވަސް ތުރުކީގައި ފާހަގަކޮށްފި

Loading

Facebook
Twitter
WhatsApp
news

އިސްލާމީ ތާރީޚުގެ ހިތްދަތި ހާދިސާއެއް ކަމުގައިވާ ކީރިތި ރަސޫލާގެ ކާފަ ދަރިކަލުން ޝަހީދުކޮށްލެވުނު ކަރުބަލާ ހަނގުރާމަ ތުރުކީގެ ޝީޢާއީންނާއި ސުންނީ މުސްލިމުން ފާހަގަކޮށްފިއެވެ.

އެގޮތުން ހުކުރު ދުވަހުގެ ހެނދުނު ތުރުކީގެ މަގުތަކުގައި ޕެރޭޑުތަކާއި، ފޮނިކާތަކެތި ބެހުމުގެ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މުޙައްރަމް މަހުގެ 10 ވަނަ ދުވަސްކަމުގައިވާ އާޝޫރާ ދުވަހަކީ އިރާޤުގެ ވެރިކަންކުރާ މިހާރުގެ ބަޣްދާދާއި 113 ކިލޯމީޓަރު (70 މޭލު) ބޭރުން އޮންނަ ކަރުބަލާގެ ހަނަފަސް ސަހަރާގައި ކީރިތި ރަސޫލާގެ ކާފަ ދަރިކަލުން ހުސައިންގެފާނު ޝަހީދުކޮށްލައި އަވަހާރަކޮށްލެވުނު ދުވަހެވެ.

”އާޝޫރާ“ މި ބަހުގެ ލަފްޒީ މާނައަކީ ”10“ އެވެ. އަދި އާންމުގޮތެއްގައި ނިސްބަތްކުރެވެނީ މުޙައްރަމް މަހުގެ 10 ވަނަ ދުވަހަށެވެ. ޝީއީ މުސްލިމުންނަށް އާޝޫރާ ދުވަހަކީ ވަރަށް ޚާއްސަ ދުވަހެކެވެ. ޙުސައިންގެފާނަކީ ރަސޫލާގެ ކާފަ ދަރިކަލުންނަށް ވުމުގެ އިތުރުން ޢަލީ ބުން އަބީޠާލިބްގެ ދަރިކަލުންވެސް މެއެވެ. އަދި އެދުވަހަކީ ޙުސައިން އިބްނު ޢަލީއާއި އެކަލޭގެފާނުގެ އެންމެހައި ބައިވެރިން ކަރުބަލާގައި ޝަހީދުކޮށްލެވުނު ދުވަހެވެ.

އިސްތަންބުލްއާއި އިރާނުގެ އިރުމަތީ ބޯޑަރުގައި ގިނައިން އޮންނަ ޝީއީ މުސްލިމުންގެ ޖަފަރީ ޖަމާޢަތުން، ކާސް އަދި އިޤްދީރުން ހިމެނޭގޮތަށް، ކަރުބަލާ ހަނގުރާމަ ފާހަގަކުރުމަށްޓަކައި ކަޅު ފޭރާމުން ފޭރާން އަޅައި، ދެދުވަހަށް ދެމިގެންދިޔަ ހަރަކާތްތަކެއް ވަނީ ހިންގާފައެވެ.

ކަރުބަލާ ހަނގުރާމައިގެ ޝަހީދުންގެ ހަނދާނުގައި ފަތިހު ނަމާދެއްކޮށް، ހުސައިންގެފާނުގެ ހަނދާން އައުކުރުމަށް ތަމްސީލުތައްވެސް ކުޅެފައިވެއެވެ.

ތުރުކީގެ ރައީސް ރަޖަބު ޠައްޔިބް އުރުދުޣާން ވަނީ އާޝޫރާ ދުވަހުގެ މުނާސަބަތުގެ ތަހުނިޔާ ވިދާޅުވެފައެވެ.

”އާޝޫރާ ދުވަހުގެ ތަހުނިޔާ ތުރުކީގެ ހުރިހައި ރައްޔިތުންނަށާއި، މުސްލިމް އުންމަތުގެ އެންމެހައި އަޚުންނާއި އުޚުތުންނަށް އަރުވަން. އަޅުގަނޑުގެ ދުޢާއަކީ، މި މުޙައްރަމް މަހަކީ މުޅި އިންސާނިއްޔަތަށްވެސް ހަމަޖެހުމާއި، ބަރަކާތް ގެނުވާ މަހެއްކަމަށްވުން.“ އުރުދުޣާން ޓްވިޓަރ/އެކްސްގައި ލިޔުއްވިއެވެ. އަދި ހުސައިންގެފާނާއި، ކާބަލާ ހަނގުރާމައިގެ އެންމެހައި ޝަހީދުންގެ ޒިކުރާވެސް އައުކުރެއްވިއެވެ.

ހިޖުރައިން 61 ވަނަ އަހަރު، ޙުސައިންގެފާނުގެ އަރިހުގައި އެކަލޭގެފާނުގެ 72 ބައިވެރިން އުމައްޔަދު ޚާލިފްގެ ޔަޒީދް (އެކެއް) ގެ އަތުން ވަނީ ޝަހީދުވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް