ގއ.ވިލިނގިލީގައި އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައާ ގުޅިގެން 3 މީހަކު ހައްޔަރުކޮށްފިއެވެ.
ވިލިނގިލީގައި އުމުރުން 22 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކޮށްފައިވާ މައްސަލައެއް ފުލުހުންނަށް ރިޕޯޓް ކުރީ މިދިޔަ ހުކުރު ދުވަހުގެރޭގައެވެ.
ފުލުހުން މިއަދު ބުނީ މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގައި ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ހައްޔަރުކުރީ އުމުރުން 20 އަހަރުގެ މީހަކާއި 24 އަހަރުގެ މީހަކާއި 30 އަހަރުގެ މީހެެއް ކަމަށް ބުނި ނަމަވެސް އެ މީހުންގެ އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.
އެނގިފައިވާ ގޮތުން ޖިންސީ ގޯނާކުރީ އެ އަތޮޅުގެ އެހެން ރަށެއްގެ އަންހެނަކަށެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.