ޗައިނާގެ ޚާރިޖީ ވަޒީރުކަމުން ޗިން ވަކިކޮށްފި

Loading

Facebook
Twitter
WhatsApp

ޗައިނާގެ ޚާރިޖީ ވަޒީރުގެ މަގާމުން މިނިސްޓަރު ޗިން ގަންގް އަންގާރަ ދުވަހު ވަކިކުރުމަށްފަހު އެމަގާމު ކުރިން އަދާކުރެއްވި ވޭންގް ޔީ އައްޔަނުކޮށްފިއެވެ.

ޗައިނާގެ ގައުމީ ޓީވީއިން ބުނެފައިވާ ގޮތުގައި ޗިން މަގާމުން ވަކިކޮށްފައިވަނީ އޭނާގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އެއްމަސްދުވަހު މެދުނުކެނޑި އުޒުރުވެރިވުމުންނެވެ.

އުމުރުން 57 އަހަރުގެ ޗިން، ޚާރިޖީ ވުޒާރާއާއި ހަވާލުވެފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. އޭގެ ކުރިން އޭނާ ހުންނެވީ އެމެރިކާއަށް ކަނޑައަޅާފައި ހުންނަ ސަފީރެއްގެ މަގާމުގައެވެ.

އެހެންނަމަވެސް، ނިމިދިޔަ ޖޫން މަހުގެ 25 ވަނަ ދުވަހުގެ ފަހުން އާންމުންނަށް ފެނިފައެއް ނުވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް