ދުނިޔޭގެ 40 އިންސައްތަ ހަނޑޫ ސަޕްލައިކުރާ އިންޑިއާއިން އެގައުމުން ބޭރުކުރާ ހަނޑުލުގެ އަދަދު މަދުކުރަން ނިންމުމާއެކު ދުނިޔޭގެ ބާޒާރުގައި ކާބޯތަކެތީގެ އަގު އުފުލިދާނެކަމުގެ ބިރު އުފެދިއްޖެއެވެ.
އިންޑިއާއިން ބޭރުކުރާ ހަނޑުލުގެ ތެރެއިން އެންމެ ގިނައިން ބޭރުކުރާ ހަނޑުލުގެ ބާވަތްތަށް ބޭރުކުރާ މިންވަރު ދެބައިކުޅަ އެއްބަޔަށް މަދުކުރުމަށް އިންޑީއާ ސަރުކާރުން ނިންމާ އިއުލާނުކޮށްފައިވަނީ ބުރާސްފަތި ދުވަހުގައެވެ. އިންޑިއާގެ މި ނިންމުމާއެކު ދުނިޔޭގެ ބާޒާރުގައި ކާބޯތަކެތީގެ އަގުތަށް އަނެއްކާވެސް އުފުލިގެން ގޮސްދާނެކަމަށް ގިނަ ފަރާތްތަކަކުން ދެކެއެވެ.
އިންޑިއާ ސަރުކާރުން ބުނެފައިވަނީ ބާސްމަތީ ހަނޑޫ ނޫން ހަނޑޫ ބޭރުކުރުން ހުއްޓާލުމަށް ނިންމާފައިވާކަމަށާއި، އެގޮތަށް ނިންމާފައިވަނީ އިންޑިއާގެ ބާޒާރުގައި މި ބާވަތުގެ ހަނޑުލުގެ އަގު 3 އިންސައްތަ އުފުލުމާއި ގުޅިގެން ކަމަށެވެ.
މިގޮތަށް ދިމާވެފައިވަނީ ފާއިތުވި ދުވަސްތަކުގައި އިންޑިއާއަށް ކުރި ބޯ ވިއްސާރާގައި ހަނޑޫ ދަނޑުތަކަށް ލިބުނު ގެއްލުމާއި ގުޅިގެންނެވެ.