އިންޑިއާގެ މަނިޕޫރުގައި ނަސޯރާ އަންހެނުންތަކެއް އޮރިޔާމުން ގަންހިންގުވައިފި

Loading

Facebook
Twitter
WhatsApp

ފްރާންސްގެ އިންޓަރނޭޝަނަލް ނިއުސް އޭޖެންސީ އޭ އެފް ޕީ އިން  ޚަބަރު ދީފައިވާގޮތުގައި އިންޑިއާގެ މަނިޕޫރުގައި ނަސޯރާއިންގެ މަޒަހަބަށް ނިސްބަތްކުރެވޭ 19 އަހަރާއި 21 އަހަރުގެ ދެ އަންހެނަކު އޮރިޔާން ކޮށްގެން ރަށުތެރޭގައި ހިންގައިފިއެވެ.

އަދި އޭގެތެރެއިން އެތައް އެތައް ބަޔަކުވެގެން އެއް އަންހެނަކު ރޭޕްވެސް ކުރިއެވެ. އެ އަންހެންމީހާއަށް މިހާރު މުޚާތަބު ކުރެވެނީ “ މަނިޕޫރުގެ އަންހެންދަރިން “ ގެ ނަމުންނެވެ.

މިޖަރީމާ ހިންގާފައި މިވަނީ މަނިފޫރުގެ އާބަދީ ގިނަ މެއިތީ ނަސްލުގެ ހިންދޫންނާއި ކޫކީ-ޒޯ ނަސްލުގެ ބައިމަދު އާބާދީ އާއި މެދު ހިނަގުންދިޔަ އަނިޔާވެރި ކުރިމަތިލުން ތަކުގެ ކުޑަ ދުވަސްކޮޅެއް ފަހުންނެވެ.

މި ދެކޮޅުވެރިކަމުގައި މިހާތަނަށް 120 މީހުން މަރާލެވި 60000 މީހުން ވިއްސި ވިހާލިކޮށް ނަސާރާއިންގެ 250 ފައްޅި ވަނީ އަންދާލާފައެވެ. އަދި އެތައް ގެދޮރެއް ވަނީ ނައްތާލައި ބިމާހަމަކޮށްލާ ފައެވެ.

މިކަމާގުޅިގެން ރައްޔިތުން ހޫނުވެ ދެކޮޅުވެރިކަން ފާޅުކުރަން ފެށުމުން މި ލަދުހަޔާތްކުޑަ ޖަރީމާ ހިންގި ބަޔަކު ހޯދައި އެމީހުންނަށް ޙައްގު އަދަބު ދެއްވާނެކަމަށް ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ވަޢުދުވިއެވެ.

ެމަނިފާނުގެ ވާހަކަފުޅުގައި ކަނޑައެޅިގެން މަނިޕޫރުގެ ޙާދިސާއަށް އިޝާރާތް ކުރެއްވުމަކައި ނުލައި އަންހެނުން ޙިމާޔަތްކުރުމަށް ސަރަޙައްދީ ސަރުކާރުތަކަށް ގޮވާލައްވާފައިވެއެވެ.

އަދި މިހާރު ހިނގަމުންދާ ކަންތައްތަކުގެ ސަބަބުން އެމަނިކުފާނުގެ ހިތަށް ވަރަށް ތަދުވާ ކަމަށްވެސް ވިދާޅުވެފައި ވެއެވެ. މަނިޕޫރުގައިވެސް ވެރިކަން ކުރަމުން ގެންދަނީ ބޮޑުވަޒީރުގެ ބީ ޖޭ ޕީން ނެވެ.

ިސަބަބަށްޓަކައި އިދިކޮޅު ފަރާތްތަކުން ގެންދަނީ ބޮޑުވަޒީރު ނަރެންދުރަ މޯޑީ ބުދުދީންނޫން އެހެެން ދީންތަކުގެ އިންޑިއާ ދަރިކޮޅު ރައްޔަތުންނަށް ޙިމާޔަތްކަން ނުދެއްވާކަމަށް ބުނެ ނުރުހުން ފާޅުކުރަމުންނެވެ.

ފުލުހުން މަޢުލޫމާތު ދީފައިވާގޮތުގައި 21 އަހަރުގެ އަންހެންމީހާ ރޭޕްކުރަމުން ގެނދިޔަ އިރު 41 އަހަރުގެ އެހެން އަންހެނެއްގެ ޢިއްފަތް ފޭރެމުގެ ލަދުވެތި ފުރައްސާރަ ކުރަމުންވެސް ގެންދިޔަ ކަމަށެވެ. އަވަށުގެ ވެރިމީހާ ބުނެފައިވާ ގޮތުގައި ރޭޕްކުރެވުނު އަންހެންމީހާގެ ބައްޕައާއި ބޭބެ ވެސް ވަނީ މަރާލާފައެވެ.  

5 މިލިއަން މީހުންގެ އާބާދީއެއް އޮންނަ މަނިޕޫރުގެ ދެބައުޅަ އެއްބަޔަށްވުރެންވެސް ގިނައީ ހިންދޫ މަޒްހަބަށް ނިސްބަތްކުރެވޭ މެއިތީ ނަސްލުގެ މީހުންނެވެ.

ވެރިރަށް އިމްޕަލްގެ ބޮޑު އާބާދީ އަކީވެސް މެއިތީ ހިންދޫންނެވެ. ސަރުކާރުގެ ވަޒީފާތަކާއި ސަލާމަތާބެހޭ ބާރުތަކުގެ ވަޒީފާވެސް ޚާއްސަކުރެވިފައި ވަނީ ހަމަ އެބައިމީހުންނަށެވެ.

ހަމަ އެއާއެކު ނަސޯރާއިންގެ ބައިމަދު އާބާދީން މިހާތަނަށް ބޭނުންކުރަމުން އައި ބިންތަކުގެ ވެރިކަންވެސް އެމީހުންގެ ކިބައިން ނިގުޅައިގަނެވި މެއިތީންނަށް ލިބިދީފާނެ ކަމުގެ ބިރުވެރިކަން ވެސް އޮތީ ކުރިމަތިވެފައެވެ.

ޝަކުވާ ހުށާއަޅާފައިވާ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި އެ ތިން އަންހެނުން އަތުލާގަތުމުގައި އެއްހާސް ވަރަކަށް ގޭންގުން މެމްބަރުން ބައެއްމީހުން އަތުގައި ހަތިޔާރާއެކު ބައިވެރިވެފާ ވެއެވެ. 21 އަހަރުގެ އަންހެންމީހާ ބުނެފައިވަނީ އޭގެ ތެރޭގައި އެތަނުގެ ފުލުހުންވެސް ހިމެނޭ ކަމަށެވެ.

 އަހަރެމެންގެ ގެ ކައިރިން އަހަރެމެން ގޮވައިގެން ގެންދިޔައީ ފުލުހުންނެވެ. ވަކި ހިސާބަކަށް ގެންގޮސް އޭގެފަހުން ގޭންގުގެ މޮބުންނާއި އަހަރެމެން ޙަވާލުކުރީވެސް ފުލުހުންނެވެ.  

މި ހަމަނުޖެހުމާގުޅިގެން މިހާރު ފުލުހުންވަނީ ޚުއިރޭމް ހުރޭދާސް ކިޔުނު މީހަކު ހައްޔަރުކޮށްފައެވެ.

ހަމަމިފަދަ އަނިޔާވެރިކަން އިންޑިއާގެ އިސްލާމުންނާއި މެދުވެސް އެތަކެއް ސިޓީއެއްގައި މިހާރުވެސް ހިންގަމުން ކުރިއަށް އެބަ ދެއެވެ.  

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް