އިންޑިއާގެ އިދިކޮޅު ސިޔާސީ ޕާޓީތަކުން ”އިންޑިއާ“ ކޯލިޝަނެއް އުފައްދައިފި

Loading

Facebook
Twitter
WhatsApp

ކުރިއަށް އޮތް މަޖިލީސް އިންތިހާބުގައި ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ވެރިކަންކުރާ ޕާޓީ ބާރަތިޔަ ޖަނަތަ ޕާޓީ (ބީޖޭޕީ) އާއި ދެކޮޅަށް ވާދަކުރުމަށް ބައިއަތު ހިފައި އިންޑިއާގެ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ތެރެއިން 24 އަށްވުރެ ގިނަ ޕާޓީއިން ”އިންޑިއާ“ގެ ނަމުގައި ކޯލިޝަނެއް އުފައްދާފައިވާކަމަށް އަންގާރަދުވަހު ހާމަކޮށްފިއެވެ.

”އިންޑިއާ“ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބީޖޭޕީއިން ގެންދަނީ އިންޑިއާގެ ޖުމްހޫރިއްޔަތުގެ ރޫޙު ކަތިލާފައިވާކަމަށާއި، ޤާނޫނު އަސާސީއިން ސިފަކޮށްދޭ އިންޑިއާގެ ޚިޔާލުތައް ރައްކާތެރިކުރުމަށް އިދިކޮޅު ޕާޓީތަކުން ވަޢުދުވެ ބައިއަތު ހިފާ ކަމަށެވެ.

ހުރިހާ ޕާޓީއަކުންވެސް އިސްކަމެއް ދިނުމަށް އެއްބަސްވާ އެންމެ ފުރަތަމަ ސިޔާސީ އަދި އިޤްތިޞާދީ ސިޔާސަތެއްގެ ގޮތުން ސަމާލުކަން ދިނުމަށް ނިންމާފައިވަނީ އުފުލެމުންދާ ތަކެތީގެ އަގުތަކާއި، ވަޒީފާއެއް ނެތް މީހުންގެ އަދަދު މަތިވަމުންދާ މައްސަލައަށެވެ.

މި ކޯލިޝަނަށް ”އިންޑިއާ“ގެ ނަމުން ނަންދީފައިވަނީ މެއި 2024 ގައި އޮންނަ އިންތިހާބުގައި ބީޖޭޕީގެ ނޭޝަނަލިސްޓް ޕްލެޓްފޯމަށް ދެވޭ ހަމަލާއެއްގެ ގޮތުންކަމަށް ގިނަ ފަރާތްތަކުން ގަބޫލުކުރެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް