އިޓަލީގެ 16 ސިޓީއަކަށް ސިއްހީ ނުރައްކަލުގެ ޚާއްސަ އިންޒާރުދީ ސިއްޙީ ސަމާލު ނެރެފި

Loading

Facebook
Twitter
WhatsApp

ހީޓް ވޭވަކާއެކު ޔޫރަޕުގެ ހޫނުމިން ރިކޯޑު އަދަދަކަށް މައްޗަށްދާނެކަމަށް ލަފާކޮށްފައިވާތީ ރޯމާއި ފްލޯރެންސް ހިމެނޭގޮތަށް އިޓަލީގެ 16 ސިޓީއަކަށް ސިއްހީ ނުރައްކަލުގެ އިންޒާރުދީ އިޓަލީގެ ސަރުކާރުން ސިއްހީ ޚާއްސަ ސަމާލެއް ނެރެފިއެވެ.

ޔޫރަޕިއަން ސްޕޭސް އޭޖެންސީ (އީއެސްއޭ) ގެ ތިމާވެއްޓާބެހޭ އިލްމުވެރިންނާއި ހަވާލާދީ އެނގިފައިވާ ގޮތުގައި ސިސިލީއާއި ސާޑީނިއާގެ ރަށްތަކުގައި 48 ޑިގްރީ ސެލްސިއަސް ނުވަތަ 118.4 ޑިގްރީ ފެރެންހައިޓަށް ހޫނުމިން މައްޗަށްދާނެއެވެ. މިއީ ޔޫރަޕުގެ ތާރީޚުގައި ވެސް ރިކޯޑުކުރެވޭނެ އެންމެ ހޫނުގަދަ ދުވަސްތައް ކަމަށް ސައިންސްވެރިން ގަބޫލުކުރެއެވެ.

އަދި ރޯމްގެ ހޫނުމިން 44 ޑިގްރީ ސެލްސިއަސް ނުވަތަ 111 ޑިގްރީ ފެރެންހައިޓް އަށް އަރާނެކަމަށް ލަފާކޮށްފައިވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް