އިމްރާންގެ އެންގެވުމަށް ރައީސް ޔާމީން ވަކީލުންގެ ބައްދަލުވުމަށް ހުރަސްއެޅިކަމުގެ ތުހުމަތު

Loading

Facebook
Twitter
WhatsApp

ހޯމް މިނިސްޓަރު އިމްރާންގެ އެންގެވުމަށް ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ވަކީލުންގެ ބައްދަލުވުމަށް ޖަލު އޮފިސަރުން ހުރަސްއަޅާފައިވާކަމަށް ޕީޕީއެމްއިން ދެންމެ ބުނެފިއެވެ.

ޕީޕީއެމްއިން ކުރި ޓުވީޓެއްގައި ބުނީ ރައީސް ޔާމީންގެ ވަކީލުން މިއަދު މާފުށްޓަށް ވަޑައިގަތުމުން އިމްރާންގެ އެންގެވުމަށް ބައްދަލުވުމަށް ހުރަސް އަޅައި ރައީސް ޔާމީނާއި ވަކީލުން ބައްދަލުކުރުމުގެ ފުރުސަތުދީފައިނުވާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

ވަކީލުންގެ ބައްދަލުވުމަށް ޖަލު އޮފިސަރުން ގާނޫނުގެ ބޭރުން  ހުރަސް އެޅިކަން ފާހަގަކުރައްވައި, ރައީސް ޔާމީންގެ ވަކީލުންގެ ވަކީލުންގެ ޓީމުގެ އިސް ވަކީލު ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލު އަޙްމަދު ކުރެއްވި ޓުވީޓެއްގައި ވަނީ, ވަކީލުންގެ ފައިލުތައް ބަލައި ހާވަން ޖަލު އޮފިސަރުންނަށް އޮތީ އަންގާފައި ކަމަށާއި ރައީސް ޔާމީންގެ ފަރާތްޕުޅުން ސްޕްރީމް ކޯޓަށް ހުށަހެޅުއްވި ދުސްތޫރީ މައްސަލާގެ ލިއެކުންތައް ބަލަން ތިބީ ފޯރި ނަގާފައި ކަމަށް ވިދާޅުވެފައެވެ.

ވަކީލާ މުވައްކިލުގެ ދުސްތޫރީ ހައްގަކީ އިމްރާން ބޭނުންވާ މިންވަރަށް އޮންނަ އެއްޗެއްތޯ ވެސް ޖަމީލު ސުވާލު ކުރެއްވިއެވެ.

މިވަރަށް ރައީސް ޔާމީނުގެ އަސާސީ ހައްގުތަކަށް އަރައިގަތުމުން ސަރުކާރުން ގޯސް ހަދައިގެންކަން ތިބިކަން މާބޮޑަށް ވެސް ސާފުވާކަމަށް ޖަމީލު ވިދާޅުވިއެވެ.

Loading

One Response

  1. ވެރިކަމުގެ އާރާއިބާރުގަ ނެގިވޯޓުން ބޮޑުތަނުން ބަލިފުޅުވީމީހަކު ގައިދީއެއްގެ ގޮތުގައި ހުރެކުރިމަތިލައިގެން ލަދެއްގަބެދުންނޫން ކަމެެއްނުވާނެކަން ޔާމިނާ އޭނަގެ އައުވާނުންނައް ރަނގަޅައް އިނގޭނެ.. އަމިއްލަޕާޓީގަނޑައް 30000 މެންބަރުން ހަމަނުވާ ޕާޓީ އަކުން ކިހިނެއްތޯ 50000 ވޯޓުވެސް ހޯދާނީ.. 2018 ގަ އެއޮތީ ރައްޔިތުން ޔާމިނު ބޭނުންނޫންކަމައް ނިންމާފަ. ލަދެއްހަޔާތެއް ހުރީއްޔާ ވެރިކަމުގަހުރެ ނުހޮވުނީމަ ކުރިމައްޗެއް ނުލާނެ..

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް