ކްރީމިޔާ ބްރިޖް ހަލާކުކޮށްލުމުން ރަޝިޔާގެ ރައްދު ޙަމަލާ ޔޫކްރެއިނަށް

Loading

Facebook
Twitter
WhatsApp


ރަޝިޔާގެ ދިފާއީ ވުޒާރާއާއި ޙަވާލާދީ މޯސްކޯއިން ރޮއިޓާސް ޚަބަރު ދީފައިވާ ގޮތުގައި ޔޫކްރެއިނުން ކްރީމިއާ ބްރިޖު ގޮއްވާލުމަށް ބަދަލު ހިފުމުގެ ގޮތުންޔޫކްރެއިންގެ ނޭވީން މައިމަރުކަޒު ހުންނަ އޮޑެއްސާގެ ބަދަރަށާއި އަދި ބްލެކް ސީއަށް ހުޅުވިފާއޮންނަ ޔޫކްރެއިންގެ މައިކޮލައިވް ބަދަރަށް ރަޝިޔާއިން ވަރުގަދަ ޙަމަލާތަކެއް ދީފިއެވެ.

މި ވަރުގަދަ ޙަމަލާތައް ދީފައިވަނީ ރަޝިއަން ފެޑެރޭޝަނާއި ދެކޮޅަށް ޙަރަކާތްތެރިވާ ޔޫކްރެއިންގެ ޓެރަރިސްޓުންގެ ވަސީލަތްތަކުން މީހުންނުތިބެ ބޭނުންކުރާ ކުދި ބޯޓުފަހަރުން ނޭވަލް ޑްރޯން ބޭނުން ކޮށްގެން ރަޝިއަން ފެޑެރޭޝަންގެ އަމާޒުތަކަށް ޔޫކްރެއިން އިން ދެމުންގެންދާ ޙަމަލާތައް ހަލާލު ކޮށްލުމަށެވެ.

ރަޝިޔާއިން ދިން ޙަމަލާގައި އެބާވަތުގެ ކުދި ބޯޓުފަހަރު ބަންނަން ބޭނުންކުރާ ޝިޕް ޔާޑަކާއި މިލިޓްރީ ޔުނިޓްތަކަށް ތެޔޮ ފޯރުކޮށްދޭން ބޭނުންކުރާ ހަތްދިހަހާސް ޓަނުގެ ފިއުލް ރައްކާކޮށްފައި ބަހައްޓާ ވަސީލަތެއް ހަލާކު ކޮށްލެވިފާ ވާނެކަމަށް ބުނެފައިވެއެވެ.

އަދި ހަލާކު ކޮށްލެވުނު ތަންތަން ރޯކޮށްލެވުނު ކަމަށްވެސް ރަޝިޔާއިން ބުނެއެވެ. ކްރެމްލިންގެ ސްޕޯކްސްޕާރސަން ދިމިތުރީ ޕެސްކޯވް ވިދާޅުވީ ބްރިޖަށް ދިން ޙަމަލާގެ ފަހަތުގައި ތިބީ ޔޫކްރެއިންގެ މިލިޓްރީންކަން ވަރަށް ރަނގަޅަށް އެނގޭކަމަށެވެ.

ޔޫކްރެއިނުން ބުނަނީ ރަޝިޔާއިން ޙަމަލާދޭން ބޭނުންކުރި 36 ކްރޫޒް މިސައިލްގެ ތެރެއިން 31 މިސައިލް ގޮއްވާލެވުނު ކަމަށެވެ. އެހެންނަމަވެސް ރޮއިޓާސް އަށް އެކަން ކަށަވަރުކޮށްދެވޭ ގޮތެއް ނުވިއެވެ.                                                              

ރަޝިޔާގެ ކޮމްސޯމޮލްސްކާޔާ ޕްރަވްޑާ ނޫހުގައި ހަނގުރާމައިގެ ޚަބަރުތައް ގެނެސްދޭ ވަރަށް މަޝްހޫރު ބޭފުޅަކު ކަމުގައިވާ އެލެގްޒެންޑަރ ކޮޓްސް ރަޝިޔާގެ ބަދަލު ހިފިމުގެ މިޙަމަލާއަށް ތައުރީފްކޮށްފައިވެއެވެ. އަދި މީގެ ކުރިން މިފަދަ ޙަމަލާތައް ނުދިނީ ކީއްވެގެންތޯ ސުވާލު ކުރައްވާފައިވެއެވެ. މީގެކުރިންވެސް މިފަދަ ޙަމަލާތައް ޔޫކްރެއިނުން ކްރިމިއާގެ ސެވަސްޓޯޕޯލްގައި ހުންނަ ރަޝިޔާގެ ބްލެކްސީ ފްލީޓްތަކަށް އަމާޒުކޮށްފާ އެބަހުއްޓެވެ.                                                            

ޔޫކްރެއިން ސަރުކާރުން ބުނެފައިވާގޮތުގައި ބްރިޖް ގޮއްވާލަން ބޭނުންކޮށްފައިވަނީ ނޭވަލް ޑްރޯން ކަމަށެވެ. މިޙަމަލާގައި ރަޝިޔާގެ ދެމަފިރިއަކު މަރުވެ އެމީހުންގެ 14 އަހަރުގެ އަންހެން ދަރިއަކު ޒަޚަމްވިއެވެ. އެހެންމަވެސް ކީވުން މިޙަމަލާގެ ޒިންމާއެއް ނުއުފުލައެވެ.                                

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް