ސަޢޫދީ އެރޭބިޔާގެ ވެރިރަށް ރިޔާޒުން ރޮއިޓާރސް ޚަބަރުދީފައިވާ ގޮތުގައި ތުރުކީގެ ތާރީޚުގައިވެސް އެއްބަސްވެވުނު އެންމެބޮޑު ދިފާޢީ ކޮންޓްރެކްޓުގެ ދަށުން ސަޢޫދީ އެރޭބިޔާއިން ތުރުކީގެ ޑްރޯން ގަންނަން ނިންމައިފިއެވެ.
ބުނެވޭގޮތުގައި މިއީ އަންކާރާގެ ވެއްޓެމުންދާ އިގްތިސާދަށް ގަލްފުގެ ގައުމުތަކުން އެހީ ހޯދަން ރައީސް އުރުދުޣާން ކުރައްވަމުން ގެންދަވާ މަސައްކަތުން ލިބެމުންދާ ހެޔޮ ނަތިޖާއެކެވެ.
މިއެއްބަސްވުމުގައި ތުރުކީ ދިފާއީ ފާމު ބައިކާރުން ސަޢޫދީ އެރޭބިޔާގެ ދިފާއީ ވުޒާރާއާއެކު ސޮއިކުރުމުގެ ރަސްމިއްޔާތުގައި ރައީސް އުރުދުޣާނާއި ސަޢޫދީ ވަލީ އަހްދު މުޙައްމަދު ބިން ސަލަމާނު ބައިވެރިވެ ވަޑައިގަތެވެ.
ގަލްފުގެ ގައުމުތަކަށް ކުރައްވާ ދަތުރުފުޅުގައި އެންމެ ފުރަތަމަ ރައީސް އުރުދުޣާނު ވަޑައިގަތީ ސަޢޫދީ އެރޭބިޔާގެ ޖިއްދާއަށެވެ. ސަޢޫދީ އެރޭބިޔާގެ ދިފާއީ ވަޒީރު ޕްރިންސް ޚާލިދު ބިންސަލްމާން އަންގާރަ ދުވަހު ވިދާޅުވެފައިވަނީ ސަޢޫދީ އެރޭބިޔާއިން އެ ޑްރޯންތައް ލިބިގަންނާނީ ސަޢޫދީ އެރޭބިޔާގެ މިލިޓްރީގެ ހައިބަތު ވަރުގަދަ ކުރުމަށާއި އަދި ދީފާއީ އުފެއްދުންތަކުގެ މައިދާން ފުޅާކުރުމުގެ މަގްސަދުގައެވެ.
ތުރުކީގެ ޑްރޯންތަކުގެ އަގު ސަޢޫދީ އެރޭބިޔާގެ ރަސްމީ އިދާ
ރާއިން ހާމަނުކުރިނަމަވެސް ބައިކާރުގެ ޗީފް އެގްޒެކަޓިވް އޮފިސަރ ހާލުކް ބައިރަކްތާރު ހާމަކުރައްވާފައިވާ ގޮތުގައި އެ ކޮންޓްރެކްޓަކީ ތުރުކީގެ ތާރީޚުގައި މިހާތަނަށް ތުރުކީއަށް ލިބިފައިވާ އެންމެ އަގުބޮޑު ދިފާއީ ކޮންޓްރެކްޓްއެވެ.

އަދި އެއީ ސަޢޫދީ އެރޭބިޔާގެ ދިފާއީ ވުޒާރާއާއިއެކު ބައިރަކްތާރު އަކިންޖޭ ވިދާޅުވިގޮތުގައި (މީހުންނާ ނުލައި ހަނގުރާމައިގާ ބޭނުންކުރާ ވައްތަރުގެ ޑްރޯން ) ފޯރުކޮށްދިނުމަށް ވެވުނު އެއްބަސް ވުމެކެވެ.
މީގެ އިތުރުން ހަކަތައާއި ރިއަލް އިސްޓޭޓް އަދި ޑައިރެކްޓް އިންވެސްޓްމެންޓާއިބެހޭ މެމޯރަންޑަމްތަކެއްގެ އެއްބަސްވުމުގައިވެސް ސޮއިކުރެވުނު ކަމަށް ސަޢޫދީން ހާމަކޮށްފައިވެއެވެ.
މިހުސްވި ޖުލައިމަހުގެ ތެރޭގައި ތުރުކީގެ ނައިބު ރައީސް ޗެވްޑަތު ޔިލްމާޒް އާއި މާލީ ވަޒީރު މުޙައްމަދު ސިމްސެކް އެމިރޭޓްސް އަށް ވަޑައިގެން އެގަމުގެ އެންމެ އިސްވެރިންނާއި ބައްދަލު ކުރައްވައި އިގްތިސާދީގޮތުން އެއްބާރުލުން ހޯދުމަށް މަސައްކަތް ކުރެއްވިއެވެ.
2021 ވަނައަހަރުން ފެށިގެން ތުރުކީން މަސައްކަތް ކުރަމުން ގެންދަނީ ސަޢޫދީ ޢަރަބިޔާއާއި ގަލްފުގެ ގައުމުތަކާއެކު އުފެދިފައިވާ ސިޔާސީ ނުތަނަވަސްކަން ރަނގަޅު ކުރުމަށްޓަކައި ވަރަށްބޮޑަށް މަސައްކަތް ކުރަމުންނެވެ.
ނަތީޖާއެއްގެގޮތުން ތުރުކީގެ އިގްތިސާދު ހަމަޔަކަށް އެޅުވުމަށްޓަކައި ސަޢޫދީންނާއި ގަލްފުގެ އިންވެސްޓްމެންޓް ތަކުން ގެންދަނީ ފަންޑްކުރަމުންނެވެ.
ސަޢޫދީ ޢަރަބިޔާއަށްފަހު ރައީސް އުރުދުޣާން ދެން ވަޑައިގެންނެވީ ގަތަރަށެވެ. އެއަށްފަހު އެމިރެޓްސްއަށެވެ.