އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅުންތަކެއް ހައްޔަރުކޮށްފިއެވެ.
ހައްޔަރުކުރި ބޭފުޅުންގެ ތެރޭގައި ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރާއި ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމާއި ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދާއި މަހިބަދޫ ދާއިރާގެ އަޙްމަދު ޠާރިޤް (ޓޮމް) އާއި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއުއާއި މާލެ ސިޓީ ކައުންސިލަރު އަދި ޕީޕީއެމް ސެނެޓަރު އަޙްމަދު އައިފާން ހިމެނިވަޑައިގަންނަވައެވެ.
އަދިވެސް އިތުރު ބޭފުޅުން ހައްޔަރުކޮށްފައިވާ ކަމަށް ޕީޕީއެމްއިން ބުންޏެވެ.
މި ބޭފުޅުން ހައްޔަރުކުރީ ޖުމްހޫރީ މައިދާނުގައި އިހުތިޖާޖުކުރަން ތިއްބަވަނިކޮށެވެ. އެ ސަރަހައްދަކީ އިހުތިޖާޖު ނުވަތަ މުޒާހަރާކުރުން މަނާ ސަރަހައްދުތަކުގެ ތެރޭގައި ހިމެނޭ ސަރަހައްދެކެވެ.