އެމްއައިބީގެ ބިޒްނަސް ސެންޓަރެއް ހުޅުވައިފި

Loading

Facebook
Twitter
WhatsApp

މޯލްޑިވްސް އިސްލާމިކް ބޭންކް އެމްއައިބީގެ ބިޒްނަސް ސެންޓަރު ހުޅުވައިފިއެވެ.

ހ.މެރީޑްރީމްގައި ހުންނަ އެމްއައިބީގެ ބިޒްނަސް ސެންޓަރު ހުޅުވައިދެއްވީ ކުރީގެ ރައީސް އަލްއުސްތާޒު މައުމޫނު ޢަބުދުލްގައްޔޫމާއި އެމްއައިބީގެ ޗީފް އެގްޒެކްޒެކްޓިވް އޮފިސަރ މުފައްދަލް އިދުރީސެވެ.

މި ރަސްމިއްތާތުގައި ވާހަކަފުޅު ދައްކަވަމުން އެމްއައިބީގެ ޗީފްއެގްޒެކްޓިވް އޮފިސަރ މުފައްދަލް އިދުރީސް ވިދާޅުވީ

ކޯޕަރޭޓް އަދި ރީޓެއިލް ކަސްޓަމަރުންނަށް ވެސް މި ބިޒްނަސް ސެންޓަރުން ޚިދުމަތް ލިބޭނެކަމަށެވެ. އަދި ކަސްޓަމަރުންނަށްދޭ ޚިދުމަތް ފުޅާކުރުމަށްޓަކާ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބިޒްނަސް ސެންޓަރުތަކާއި ބުރާންޗުތައް ގާއިމްކޮށް ޑިޖިޓަލް ޚިދުމަތް ފުޅާކުރުމަށް މަސައްކަތް ކުރައްވާނޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެމްއައިބީއިން ހުޅުވި ބިޒްނަސް ސެންޓަރުގައި ޑޮލަރު ނެގޭ އޭޓީއެމް ވެސް ހުރެއެވެ.

އެމްއައިބީއިން ބުނީ އެ ބިޒްނަސް ސެންޓަރުން ކަސްޓަމަރުންނަށް ވީހާވެސް ގާތުން އަވަސް ޚިދުމަތް ފޯރުކޮށް ދެއްވާނެ ކަމުގައެވެ.

އެމްއައިބީގެ ބާޒާރު ސާރވިސް ސެންޓަރުން ކަސްޜަމަރުންނަށް ދެމުން އައި ޚިދުމަތްތައް މިހާރު އަލަށް ހުޅުވި މި ބިޒްނަސް ސެންޓަރަށް ބަދަލު ކުރެވިފައިވާ ކަމަށްވެސް އެމްއައިބީއިން ބުނެއެވެ.

މި ބިޒްނަސް ސެންޓަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް މައުމޫނަށް ހަނދާނީ ފިލައެއް ވަނީ އަރުވާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް