ވ.އާރަށުގެ މައްސަލާގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމަށް އިންސާފު ލިބެންދެން ރިޔާސީ އިންތިޚާބު ފަސްކުރުމަށް އިދިކޮޅު ކޯލިޝަނުން ގޮވާލައިފިއެވެ.
އިދިކޮޅު ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ބާރާއި ނުފޫޒުގެ ބޭނުން ކުރައްވައިގެން ރައީސް ޔާމީން ޖަލުގައި ބާއްވައިގެން ބާއްވާ ރިޔާސީ އިންތިޚާބެއް އިންސާފުވެރިއެއް ނުވާނެ ކަމަށެވެ. ރައީސް ޔާމީނަށް އިންސާފު ލިބެންދެން ރިޔާސީ އިންތިޚާބު ފަސްކުރުމަށް ވެސް އަދުރޭ ވަނީ ގޮވާލައްވައިފައެވެ.
ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެެ މެންބަރު އާދަމް ޝަރީފް ޢުމަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ޔާމީނަށް އިންތިޚާބުގައި ވާދަކުރެއްވުމުގެ ހައްގު ލިބެންވާނެ ކަމަށެވެ. އިސްތިއުނާފު ނިމެންދެން ނުވަތަ މަދުވެގެން ދެ ހަފުތާއަށް އިންތިޚާބުގެ ޑޭޓްސް ރީޝެޑިއުލް ކުރުމަށް ގޮވާލައްވާ ކަމަށެވެ.
ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުަސައިން މުޙައްމަދު ލަޠީފް ވިދާޅުވީ ރައީސް ޔާމީނަށް ފުރުސަތު ނުދީ ބާއްވާ އިންތިޚާބެއް ސައްހައެއް ނުވާނެ ކަމަށާއި ސައްހަ ނުވާނެ ސަބަބަކީ ސަރުކާރުގެ ނުފޫޒު އިސްތިއުނާފު މައްސަލައަށް ވަރަށް ބޮޑަށް އޮތުން ކަމަށެވެ.
2 Responses
ޔާމިނު މިނިވަންވެގެން ދިވެހިތާރީހުގަ ދެނެއް އިންތިހާބެއް ނުބޭއްވޭނެ. ދުނިޔެ ނިމޭއިރުވެސް އަދުރޭ ތިބުނާގޮތައް އިންތިހާބެއް ނުބޭއްވޭނެ. އަދުރޭއާއި ޕީ،ޕީ،އެމް އިން ބަޔަކު ހީކުރަނީތަ ޔާމިނުގެ ހަޔާތުގަ މިނިވަނެއްގެ ގޮތުގަ ހިނދުކޮޅަކުވެސް ހުރެވިދާނެކަމައް.. އެހެންވީޔާ އެއީ ވަރައްބޮޑު ކުއްހީއެއް. ގައިދީއިންނައް ބައިވެރިވެވޭ އިންތިހާބެއް ބާއްވަންޔާ ޔާމިނައް ބައިވެރިވެވިދާނެ. އެނޫންއެއްވެސްގޮތެއް ޔާމިނަކައް ނެތް…
ދިވެހިރާއްޖޭގައި އިންސާފަށް އެދި އެދި އެތައްބަޔަކު އެބަތިބި. އެމީހުންނަށް އިންސާފު ލިބެންދެން އެއްވެސް އިންތިޚާބެއް ނުބާއްވަން ބާރު އަޅަމުން ނުދަނީ ކީއްވެގެން.