އުތުރު އިންޑިއާއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާއެކު 41 މީހަކު މަރުވެއްޖެ

Loading

Facebook
Twitter
WhatsApp

އުތުރު އިންޑިއާއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން 41 މީހަކު މަރުވެފައިވާކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އަންގާރަދުވަހު ނޫސްވެރިންނަށް ދިން ބަސްދީގަތުމެއްގައި ހިމާޗަލް ޕްރަދޭޝް އަވަށުގެ ޗީފް މިނިސްޓަރު ސުކްވިންދަރު ސިންހް ސުޚޫ ވިދާޅުވީ އެސަރަހއްދުން 31 މީހަކު މިހާތަނަށް މަރުވެފައިވާ ކަމަށެވެ. އަދި އަވަށްޓެރި ޕަންޖާބުން 10 މީހުން މަރުވެފައިވާ ކަމަށް ރެވެނިއު މިނިސްޓަރު ބަހްމް ޝަންކަރް ޖިމްޕާއާއި ހަވާލާދީ އޭއެންއައި ގައިވަނީ ރިޕޯޓުކޮށްފައެވެ.

މިނިސްޓަރު ސުޚޫ މައުލޫމާތު ދެއްވާފައިވާ ގޮތުގައި 6 ހެލިކޮޕްޓަރު ގެއްލުން ލިބުނު ސަރަހައްދުތަކުގައި ހަރަކާތްތެރިވެފައިވާއިރު، މިހާތަނަށް 2000 އަށްވުރެ ގިނަ މީހުން ސަލާމަތްކޮށް ރައްކާތެރި ސަރަހައްދުތަކަށް ވަނީ ގެންދެވިފައެވެ.

ކުރިއަށް އޮތްދުވަސްތަކުގައި ވެސް ހިމާޗަލް ޕްރަދޭޝްއާއި ޕަންޖާބަށް ވާރޭވެހޭނެކަމަށް ބުނެފައިވާއިރު، ވިއްސާރަކުރާ މިންވަރު މަދުވާނެކަމަށް އިންޑިއާގެ މޫސުމާ ބެހޭ ވުޒާރާއިން ލަފާކުރެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް