ޖަނަވާރުންގެ މެދުގައި ފެތުރެމުންދާ އޭވިއަން އިންފްލޫއެންޒާގެ ނުރައްކާ އިންސާނުންނަށްވެސް އެބައޮތް- ޑަބްލިއުއެޗްއޯ

Loading

Facebook
Twitter
WhatsApp

ހަލުވިކަމާއެކު ޖަނަވާރުންގެ ތެރޭގައި ފެތުރެމުންދާ އޭވިއަން އިންފްލޫއެންޒާ ނުވަތަ ދޫނި ރޯގާގެ ނުރައްކާ އިންސާނުންނަށް ވެސް އެބައޮތްކަމަށް ބުނެ ދުނިޔޭގެ ސިއްހަތާބެހޭ ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އިންޒާރުދީފިއެވެ.

މިހާތަނަށް މި ރޯގާގެ އަލާމާތްތަށް ފެނިފައިވަނީ ޖަނަވާރުތަކުގެ ތެރެއިން، ޕޯލްޓްރީއާއި، ދޫނިތަކާއި، ބައެއް މެމަލްތަކުގެ ފަރާތުން ކަމަށްވީއިރު، ހުއިހައްޕައިގެން އާމްދަނީ ހޯދާ ފަރާތްތަކަށް ބޮޑެތި ގެއްލުންތައްދަނީ ކުރިމަތިވަމުންނެވެ. ވައިރަހުގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކުރަނީ ޖަނަވާރުތަކަށްކަމަށް ފާހަގަކުރެވިފައިވީ ނަމަވެސް، އޭގެ ނުރައްކާ އިންސާނުންނަށް ކޮށްފާނެކަމަށް ގަބޫލުކުރެވޭކަމަށް ޑަބްލިއުއެޗްއޯއިން ވަނީ ބުނެފައެވެ.

އޭވިއަން އިންފްލޫއެންޒާ ވައިރަސް އާންމުގޮތެއްގައި ފެންނަނީ ދޫނީގެ ފަރާތުން ކަމުގައިވާއިރު، އޭވިއަން އިންފްލޫއެންޒާގެ އެޗް5އެން1 ވައިރަސް އުފެދުމުގައި އިންސާނުންނާ އެންމެ ގާތްކަމެއް ހުންނަ މެމަލްތަކުން ވެސް ފެނިފައިވާތީ، އިންސާނުންނަށް ބަލިޖެއްސުމަށް ވައިރަސް ބަދަލުވުމުގެ ފުރުސަތު އޮތްކަމަށް ގަބޫލުކުރެވޭކަމަށް ޑަބްލިއުއެޗްއޯއިން ބުނެއެވެ.

2022 ވަނަ އަހަރު ދުނިޔޭގެ ފަސް ބައްރެއްގެ 67 ގައުމަކުން ދޫނި ރޯގާ ޖެހި 131 މިލިއަން ހުއިހައްޕާ ޖަނަވާރު މަރުވެފައިވާކަން ރިޕޯޓުކޮށްފައިވެއެވެ. އަދި 2023 ގެ މިހާތަނަށް އިތުރު 14 ގައުމަކުން މި ބަލި ފެނިފައިވާކަމަށް ރިޕޯޓުކޮށްފައިވެއެވެ.

މީގެއިތުރުން 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައި 8 މީހަކު މި ވައިރަހަށް ފައްސިވެފައިވާއިރު، މީގެތެރޭގައި ހިމެނެނީ ބަލިޖެހިފައިވާ ދޫނިތަކާއި ޖަނަވާރުތަކާއި ގާތުން މަސައްކަތްކުރާ ފަރާތްތަކެވެ. ބަލިޖެހޭ އިންސާނުން ބަލީގައި ފުރާނަދިޔުމުގެ ފުރުސަތު ބޮޑުކަމަށް ސިއްހީ ވުޒާރާތަކުން އިންޒާރުދީފައިވެއެވެ.

އެމެރިކާގެ ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަން (އެފްއޭއޯ) އާއި، ވޯލްޑް ހެލްތް އޯގަނައިޒޭޗަން (ޑަބްލިއުއެޗްއޯ) އަދި ވޯލްޑް އޯރގަނައިޒޭޝަން ފޮރ އެނިމަލް ހެލްތް (ޑަބްލިއުއޯއޭއެޗް) އިން ވަނީ ދުނިޔޭގެ ހުރިހާ ގައުމުތަކުން ގުޅިގެން ވީހާވެސް ގިނަ އިންސާނުންނާ ޖަނަވާރުން މި ވައިރަހުން ރައްކާތެރިކުރުމަށް އެކުގައި މަސައްކަތްކުރުމަށް ގޮވައިލާ ބާރުއަޅާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް