އިންޑިއާއަކީ ބްރިކްސްގެ ގައުމުތަކަށް އޮތް ނުރައްކަލެއްތަ؟

Loading

Facebook
Twitter
WhatsApp

ބްރިކްސްގެ ގައުމުތަކަށް ދިން ބަހުގެ ހަމަލާއެއްގައި، ބްރިކްސްގެ ފައިސާއެއް ތަޢާރަފު ކުރި ނަމަވެސް އެއަށް ތާއީދު ނުދޭނެކަމަށާއި އިންޑިއާއިން މަސައްކަތްކުރާނީ އިންޑިއާ ރުފިޔާ (އިންޑިއަން ރުޕީސް) ކުރިއެރުވުމަށް ކަމަށް އިންޑިއާގެ ޚާރިޖީ ވަޒީރު ވިދާޅުވެއްޖެއެވެ.

ބްރިކްސްގެ ތެރޭގައި ހިމެނޭ އެހެން ގައުމުތަކުން ބްރިކްސް ކަރަންސީއެއް އުފެއްދުމަށް އެއްބާރުލުންދޭން ނިންމާފައިވާއިރު، އެ ފައިސާ އަގުކުރެވޭނީ ކޮންމެވެސް ބާވަތެއްގެ ރަނުގެ އަގުންކަމަށް ރަޝިއާއިން ވަނީ ބުނެފައެވެ. އެހެންނަމަވެސް، އިންޑިއާއިން މި ފައިސާ ބޭނުންކުރުމަށް ވަނީ ދެކޮޅު ހަދާފައެވެ.

އިންޑިއާއިންގެ ނިންމުންތަކުން އެމެރިކާގެ މަސްލަހަތު އިސްކުރާ ކަމަށް ގިނަ ފަރާތްތަކުން ތުހުމަތުކުރަމުން އަންނައިރު، އިންޑިއާއިން ބްރިކްސްގެ ގައުމެއްގެ ގޮތުގައި އޮތުމަކީ ހަމަ އެންމެ ރަނގަޅު ގޮތްތޯ އެފަރާތްތަކުން ސުވާލު އުފައްދައެވެ. އެގޮތުން، އިންޑިއާއިން ”ކުއަޑް“ އާ ގުޅި، ބްރިކްސް ފައިސާއާއި ދެކޮޅުހަދައި، ޗައިނާއާ ދެކޮޅުވެރިވެ، އެމެރިކާއާއި އެކުގައި ބާއްވާ އަސްކަރީ ހަރަކާތްތަށް އިތުރުކޮށް، ”ވޮޝިންގްޓަން ކޮންސެންސަސް“ އާއި ގުޅިފައިވާ ނިއޯލިބަރަލް ސިޔާސަތުތަކަށް ވަނީ ތާއީދުކޮށްފައެވެ. ”ވޮޝިންގްޓަން ކޮންސެންސަސް“ ގެ ނިއޯލިބަރަލް ސިޔާސަތުތަކުގެ ސަބަބުން އެގައުމުގެ އެތައް ސަތޭކަ މިލިއަން ރައްޔިތުންނެއް ތިބީ ފަގީރު ހާލުގައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް