ޗައިނާއާއި ސޮލޮމޮން އައިލެންޑްސްއާ ދެމެދު ބާއްވާ ތަދުބީރީ ގުޅުންތައް އިތުރަށް ފުރިހަމަކޮށް ވަރުގަދަކުރުމުގެ މަސައްކަތް ފަށާފައިވާކަން ޗައިނާގެ ރައީސް ޝީ ޖިންޕިންގްއާއި ސޮލޮމޮން އައިލެންޑްސްގެ ބޮޑުވަޒީރު މަނާސިހް ސޮގަވެރް ހޯމަ ދުވަހު އިއުލާނުކުރައްވައިފިއެވެ.
ދެގައުމުގެ ވެރިން މިކަން އިއުލާނުކުރައްވާފައި މިވަނީ ޕެސިފިކް އައިލެންޑްސް ސަރަހައްދުގައި އޮންނަ ޗައިނާގެ ނުފޫޒާ ގުޅިގެން އެމެރިކާއާއި އެ ގައުމުގެ ބައިވެރިން ހާސްކަމެއްގެ ތެރެއަށް ވައްޓައިލި ގައުމީ ސަލާމަތީ އެއްބަސްވުމަށް އަހަރެއް ފުރިފައިވަނިކޮށެވެ.
އާދީއްތަ ދުވަހު ބޮޑުވަޒީރު ސޮގަވެރް ބެއިޖިންގްއަށް ވަނީ ވަޑައިގަންނަވައިފައެވެ. އަދި ޗައިނާގެ ޕްރިމިއަރ ލީ ޖިއަންގްއާއި ބައްދަލުކުރައްވާ، ފުލުހުންނާއި، އިޤުތިޞާދީ އަދި ފަންނީ އައު އެއްބަސްވުންތަކެއްގައި ވަނީ ސޮއިކުރައްވާފައެވެ.
”އަޅުގަނޑުމެން މިތިބީ ދެގައުމުގެ ދެމެދު އޮންނަ ގުޅުންތައް އިތުރަށް ވަރުގަދަކުރަން ތައްޔާރަށް.“ ޗައިނާގެ އަސްކަރީ ބޭންޑަކުން ސޮލޮމޮން އައިލެންޑްސްގެ ގައުމީ ސަލާމް އިއްވި ހަފުލާއެއްގައި ލީ އާ މުޚާތަބުކުރައްވާ ސޮގަވެރް ވިދާޅުވިއެވެ.
ސޮލޮމޮން އައިލެންޑްސް އޮންނަނީ އޮސްޓްރޭލިއާގެ އިރު އުތުރުން 2000 ކިލޯމީޓަރު (1،243 މޭލު) ދުރުގައެވެ.

One Response
ޗައިނާ ގަދަ. އެންމެނާ ވިޔާފާރިކޮށް އެންމެ މުއްސަދި ގައުމަށް ޗައިނާ ވަމުން މިއޮއްގެން ދަނީއެވެ.