އިސްރާއީލުގެ ޑިޓެންޝަން ސެންޓަރުތަކުގައި ތިބި ފަލަސްތީނު ކުދީންނަށް އެތައް އަނިޔާއެއް!

Loading

Facebook
Twitter
WhatsApp

އިސްރާއީލުގެ ޑިޓެންޝަން ސެންޓަރުތަކުގައި ތިބި ފަލަސްތީނުގެ ކުދީންނަށް އަނިޔާކުރަމުންދާކަމަށް ހައްގުތައް ހިމާޔަތްކުރުމަށް މަސައްކަތްކުރާ ޖަމިއްޔާ، ”ސޭވް ދަ ޗިލްޑްރެން“ އިން ބުނެފިއެވެ.

އެކުދިންނަށް ކުރާ ބައެއް އަނިޔާއަކީ ޖިންސީ އަނިޔާކަމަށާއި، މީގެ އިތުރުން އެކުދިންގެ ގައިގާ ތަޅައި، ބިޑި އަޅުވައި، ކަނުބަނދެފައި ބައިިތިއްބާ ކަމަށް ވެސް ވަނީ ރިޕޯޓުކޮށްފައެވެ.

އިސްރާއީލުގެ ބާރުތަކުން ހިފަހައްޓާ ފަލަސްތީނުގެ ކުދީންނަށް ނަފްސާނީ އަދި ޖިސްމާނީ ބޮޑެތި އަނިޔާތަކެއް ކުރަމުންގެންދާކަން ހާމަވެފައިވާއިރު، ސޭވް ދަ ޗިލްޑްރެންއިން އެކުދީންނަށް ކުރާ އަނިޔާތަކުގެ ތަފްސީލު ހާމަކޮށް އައު ރިޕޯޓެއް ވެސް ވަނީ ޝާއިއުކޮށްފައެވެ.

ހޯމަ ދުވަހު ނެރުނު މި ރިޕޯޓުގައި، ބަންދުން ސަލާމަތްވެފައި ތިބި މިފަދަ ބައެއް ކުދީންނާއި ހަވާލާދީ ލިޔެފައިވަނީ، އެކުދިންނަށް ޖިންސީ ބޮޑެތި އަނިޔާތައް ލިބިފައިވާއިރު، ބަންދުކޮށްފައި ތިބި އެތައް ކުދީން ގައިގާ ތަޅައި، ބިޑި އަޅުވައި، ކަނުބަނދެ ކުދި ގޮޅިތަކަށް ލާފައި ބަންދުކޮށްފައި ބައިތިއްބާ ކަމަށެވެ. އަދި އެއް މަރުކަޒުން އަނެއް މަރުކަޒަށް ކުދީން ބަދަލުކުރާއިރު ވެސް މިގޮތަށް ބައެއް ކުދީން ބައިތިއްބާކަމަށް މައުލޫމާތު ދިން ކުދީންވަނީ ކިޔައިދީފައެވެ.

Loading

One Response

  1. އެމެރިކާގެ ފުރިހަމަ ތާއިދާ ފައިނޭންސުން ހިންގާ ޓެރެރިޒަމްގެ ޢަމަލެކެވެ. އެކަން ހުޢްޓުވާނީ މުސްލިމް ލީޑަރުން ހުށްޓުވީމައެވެ. ދެރައީ މުސްލިމްވެރީން ދުނިޔެއާއި ހެދި މާބ؛ިޒީއެވެ. ޝޭޚުންތައް މުސާރަ ނަގައިގެން ބަސްއަހައިގެ އެފަދަ ވެރީންނަށް ސަނާކިޔުމުގައެވެ. ވަރަށް ދެރަވަރު ބަޔަކަށް މުސްލިމުން މިވަނީ ބަދަލުވެފައެވެ. މާތްﷲގެ ހެޔޮރަޙުމަށް ފަލަސްތީނަށް ލަހަށްޓަވާށިއެވެ. އާމީން!

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް