ރިޟްވާނާއި ޔާމީންގެ މަރުގެ މައްސަލާގައި ބަންދުކޮށްފައި ހުރި އިސޫ ދޫކޮށްލައިފި

Loading

Facebook
Twitter
WhatsApp

މިނިވަން ނޫހުގެ ކުރީގެ ނޫސްވެރިޔާ އަޙްމަދު ރިޟްވާނުގެ މަރުގެ މައްސަލައާއި ބްލޮގަރު ޔާމިން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވާ މ.ލެގޫންވިއު އިސްމާޢީލް ޢަބްދުއްރަޙީމް (އިސޫ) ބަންދުން ދޫކޮށްލައިފިއެވެ.

ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވެދިނުމުގެ ކުށުގެ ދައުވާ އުފުލާައިވާ އިސޫ ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.

އިސޫ ބަންދުން ދޫކޮށްލި ސަބަބެއް އަދި ސާފެއް ނުވެއެވެ.

ނަމަވެސް ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލީ ފައިގައި ޓެގް އަޅުވައި ޕާސްޕޯޓް ހިފަހައްޓައި ޒަރޫރީ ބޭނުމަކަށް ނޫން ގޮތަކަށް ގެއިން ބޭރަށް ނުނުކުތުމަށް ޝަރުތުކޮށްފައިކަމަށް މައުލޫމާތު ލިބެއެވެ.

މި މައްސަލާގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި 

އަހަނދު ވެސް ދާދިފަހުން ވަނީ ދޫކޮށްލައިފައެވެ. އޭނާގެ ފައިގައި ޓެގް އަޅުވައި މިހާރު ދަނީ މޮނިޓަރ ކުރަމުންނެވެ.

އަހަނދުގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވެދިނުމުގެ ކުށުގެ ދައުވާއެވެ.

ދެން މި މައްސަލައިގައި މިހާރު ބަންދުގައި ހުރީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ އުފުލާފައިވާ ދަފްތަރު ނަންބަރު 8499 އަޙްމަދު މުޢާޒު (ގަޓު މުއާ) އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް