ޢަލީ ވަޙީދު މިހާރު ވިދާޅުވަނީ ރައީސް ޞާލިޙަށް 35 މިލިއަން ރުފިޔާ ލިބިވަޑައިނުގަންނަވާ ކަމަށް

Loading

Facebook
Twitter
WhatsApp

ރައީސް އިބްރާހިމް މުޙައްމަދު ޞާާލިޙަށް އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ލިބިވަޑައިގެންނެވި ކަމަށް ކުރިން ވިދާޅުވި ވިދާޅުވުމަކީ ދޮގެއް ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދުގެ މިއަދު ވިދާޅުވެއްޖެއެވެ.

ޢަލީ ވަޙީދު މިހެން ވިދާޅުވީ 3 އަހަރާއި 3 ދުވަހު އިނގިރޭސިވިލާތުގައި ހުންނެވުމަށްފަހު މިއަދު މެންދުރުފަހު ރާއްޖެ ވަޑައިގެން ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

ޢަލީ ވަޙީދު ރާއްޖެ ދޫކުރައްވައި ވަޑައިގަތީ ޓޫރިޒަމް މިނިސްޓަރުކަމުގައި ހުންނެވިއިރު އެ ތަނުގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި 7 ދައުވާ އުފުލާފައިވަނިކޮށެވެ.

2021 ސެެޕްޓެމްބަރުގައި އެ ގައުމުގައި ހުންނަވައިގެން އޮންލައިންކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޢަލީ ވަޙީދު ވަނީ ރައީސް ޞާލިޙަށް އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާގެތެރެއިން 35 މިލިއަން ރުފިޔާ ލިބިވަޑައިގަތް ކަމަށް ވިދާޅުވެފައެވެ. ރައީސް ޞާލިޙް ފައިސާއާއި ހަވާލުވެވަޑައިގެންނެވީ ރެހެންދި ފުލެޓުގައި ކަމަށާއި ފައިސާ ހަވާލުކުރެއްވީ އޭރުގެ ޓޫރިޒަމް މިނިސްޓަރު އަޙްމަދު އަދީބު ކަމަށް ޢަލީ ވަޙީދު އޭރު ވިދާޅުވިއެވެ.

ނަމަވެސް ޢަލީ ވަޙީދު މިއަދު ވިދާޅުވީ “އަޅުގަނޑު އެ ދުވަހު ނޫސް ކޮންފަރެންސް ބޭނުންކުރީ ސްމޯކް ސްކްރީނަކަށް“ ކަމަށެވެ.

“ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް އަޅުގަނޑު އެ ލަފުޒު އަމާޒުކޮށްލީ ސްމޯކް ސްކްރީނަކަށް.“ އޭރު ކުރެއްވި ތުހުމަތަކީ ދޮގެއްކަން ފާހަގަކުރައްވައި ވިދާޅުވިއެވެ.

ޢަލީ ވަޙީދު ވިދާޅުވީ ހަނގުރާމައިގެ މައިދާނުގައި ވެސް ނަސްރު ހޯދަން ކުރަންޖެހޭ ކޮންމެ ކަމެއް ކުރަން ދީނުގައި ވެސް އޮންނަ ކަމަށެވެ. އަދި ރައީސް އިބްރާހިމް މުޙައްމަދު ޞާާލިޙް 35 މިލިއަން ރުފިޔާ ނަގާކަށް ނުޖެހޭނެ ކަމަށާއި އެއީއެއަށްވުރެ މާ ލިބޭ ބޭފުޅެއް ކަމަށް ވެސް ޢަލީ ވަޙީދު ވިދާޅުވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް