އިނގިރޭސިވިލާތަކީ ކްލަސްޓަރ ބޮމްބް ބޭނުންކުރުމާއި ދެކޮޅުހަދާ ގައުމެއް : އިނގިރޭސި ބޮޑުވަޒީރު

Loading

Facebook
Twitter
WhatsApp

އިނގިރޭސިވިލާތަކީ ކްލަސްޓަރ މިއުނިޝަންތައް ބޭނުންކުރުމަށް ދެކޮޅުހަދާ މުއާހަދާއެއްގައި ބައިވެރިވެފައިވާ ގައުމެއްކަމަށް އެ ގައުމުގެ ބޮޑުވަޒީރު ރިޝީ ސުނަކް ވިދާޅުވެއްޖެއެވެ.
ހޮނިހިރު ދުވަހު ސުނަކް މިހެން ވިދާޅުވީ ޔޫކްރޭނަށް ބާރުގަދަ އަސްކަރީ ހަތިޔާރުތަކެއް ފޮނުވަން ތައްޔާރުވެފައިވާކަމަށް އެމެރިކާގެ ވޮޝިންގްޓަނުން ހާމަކޮށްފައިވަނިކޮށެވެ.

ކުރިމަތިލުންތަކާއި ހަމަނުޖެހުންތައް ނިމުމަށްފަހު ބޭނުންނުކޮށް ހުންނަ ގޮވާ ޒާތުގެ ހަތިޔާރުތަކުން ނުކުމެދާނެ ނުރައްކާތައް ފާހަގަކޮށް އެމެރިކާގެ މި ނިންމުމާމެދު, ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާ ޖަމާއަތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

”އިނގިރޭސިވިލާތަކީ ކްލަސްޓަރ މިއުނިޝަން އުފެއްދުމާއި، ބޭނުންކުރުން މަނާކުރާ، އަދި އެ ބޭނުންނުކުރުމަށް ބާރުއަޅާ މުއާހަދާއެއްގައި ސޮއިކޮށްފައިވާ ގައުމެއް.“ ސުނަކް ވިދާޅުވެފައިވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް