ޕާކުތަކާއި، އަތިރިމަތި ސަރަހައްދުތައް ހިމެނޭގޮތަށް އިސްޓާންބުލްގެ އާންމު ސަރަހައްދުތަކުގައި ޝީޝާގެ އިސްތިއުމާލުކުރުން އިސްޓާންބުލްގެ ގަވަރުނަރު މަނާކުރައްވައިފިއެވެ.
ގަވަރުނަރު ޑާވުތް ގުލް ބުދަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދުންފަތުގެ މަޝްހޫރު ވައްތަރެއްކަމަށްވާ، ޝީޝާ، އާންމު ސަރަހައްދުތަކުގެ އިތުރުން ވަލުތެރެއާއި، ރެކްރިއޭޝަނަލް ސަރަހައްދުތަކުގައި ބޭނުންކުރުމަކީ މަނާކަމެއްކަމުގައެވެ.
”ހުއްދަ ނަގައިގެން މި ސަރަހައްދުތަކުން ބޭރުގައި ޝީޝާ ލައުންޖުތައް ހިންގުން މަނައެއް ނުކުރަން.“ އޭނާ ވިދާޅުވިއެވެ.