ވެރިކަމުގެ އިތުރު ދައުރެއް ލިބިވަޑައިގެންފިނަމަ އެ ދައުރުގެ ތެރޭގައި ށ.ކުޑަފަރުގައި އެއާޕޯޓެއް ހައްދަވައިދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވައުދުވެވަޑައިގެންފިއެވެ.
ކުޑަފަރުގައި އެއާޕޯޓެއް އަޅުއްވައި ދެއްވާނެ ކަމަށް ރައީސް ވިދާޅުވީ
ރިޔާސީ އިންތިޚާބުގެ ކެމްޕޭން ފެށުމުގެ ގޮތުން ށ.ކޮމަންޑޫގައި މިއަދު ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.
މި ސަރުކާރު ވެރިކަމަށް އައީ 20 މިނެޓުން އެއާޕޯޓަކަށް ނުދެވޭނެ އެއްވެސް ރަށެއް ނޯންނާނެ ގޮތް ހައްދަވައިދެއްވާނެ ކަމުގެ ވައުދާއެކުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ކޮމަންޑުއާއި އެ ހިސާބުގައި 20 މިނެޓުން ނާދެވޭ ރަށްރަށް އެބަހުރި ކަމަށާއި ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެތެރޭގައި ކޮމަންޑޫ ކައިރީގައި އޮންނަ ކުޑަފަރުގައި އެއާޕޯޓެއް އަޅުއްވައި ދެއްވާނެ ކަމަށެވެ.
“އަޅުގަނޑުމެންގެ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެތެރޭގައި މި ކޮމަންޑޫ ކައިރީގައި ކުޑަފަރުގައި ތިޔަ ބޭފުޅުން އެ ވިދާޅުވާ ގޮތަށް އަޅުގަނޑުމެން އެއާޕޯޓެއް އަޅައިދޭނަން.“ ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ:
ދެ ކޮމަންޑޫ ބިން ހިއްކައި މި މަހު ނިމޭނެ.
މަތި ކޮމަންޑޫގައި 300 ހައުސިންގ ޔުނިޓު ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެތެރޭގައި ގާއިމު ކުރާނަން.
ކޮމަންޑޫގެ ސިއްހީ މަރުކަޒު 30 އެނދުގެ ހޮސްޕިޓަލަކަށް ބަދަލުކުރާނަން.
2018 ވަނަ އަހަރު އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވީ ބޮޑެތި ވައުދުތަކެއް ވެގެންކަން ފާހަގަކުރައްވައި ރައީސް ވަނީ މުޅި ރާއްޖެއަށް ވީ ވައުދުތަކުގެ 90 އިންސައްތައަށްވުރެ ބޮޑު އަދަދެއް މިހާރު ނިމިފައިވާ ކަމަށް ވެސް ވިދާޅުވެފައެވެ. އަދި ދެންވެސް ވައުދެއްވެވަޑައިގެންފިނަމަ އެ ވައުދެއް ފުއްދަވާނެ ކަމަށާއި ވައުދު ފުއްދަވަން އެނގިވަޑައިގަންނަވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
One Response
ކޮންމެ ރަށަކުވެސް އެއަރޕޯޓެއް އަޅުއްވަދެއްވަން ޖެހިލުމެއް ނުވާނެއެވެ. އެހެނީ ފައިސާޔަކީ ރައްޔަތުން ހެޓަކަށް ދަރުވާލައިގެން ހޯދުނުގޮތަކަށް ހޯދާ ދަރަނިބޯ ރައްޔަތުންގެ ފައިސާ ވިއްޔާއެވެ. އަދި އެއިންވެސް ކަޓަށް ބަޔަކަށް މަންފާކޮށްެދޭނެތެވެ. އެ ދަރަނިތައްވެސް ރައްޔަތުން ބޮލުގައި އަޅައިގެން ތިބެ ހީފަ ސާބަހޭ ރައީސް ކިޔާފަ އަތްޖަހަންޏާ ދެން ހަމަ ރަނގަޅެއްނޫންތޯއެވެ. ކޮންމެ ރަށްެއްގާ އެއަރޕޯޓެއް އަޅަންވީއެވެ. އެ އެއަރޕޯޓްތަކަށް މަހަކު އެއްފުލައިޓް ޖެއްސިޔަސް ހެވެއްނޫންތޯއެވެ. ކަޓް ރައީސް އާއި ރައީސްގެ ކޯލިޝަންނަށް. ދަރަނިބޮޑި ރައްޔަތުންނަށް. އަސްލުވެސް ސަޅި: