ސުރުޚީއަކީ ސަންދާނުގެ އުފެއްދުމެއް ނޫނެވެ. އެއީ ދާދި މިދާކަށްދުވަހު ޖަޕާނާއި ދެކުނު ކޮރެޔާއަށް ނިސްބަތްކޮށް ޗައިނާގެ ވަރަށް އިސް ބޭފުޅަކު ވިދާޅުވި ބަސްފުޅެކެވެ.
އެމަނިކުފާނު ވިދާޅުވީ އޭގެ ބަދަލުގައި އަހަރެމެން އިރުމަތީގެ މީހުން އެކުވެގެން ޗައިނާއާއިއެކު މަސައްކަތް ކުރުމަކީ އެންމެ ފައިދާހުރި ގޮތްކަމަށެވެ. އެބޭފުޅާ ވިދާޅުވީ އަހަރެމެންގެ ނަސްލު ހަނދާންނައްތާ ނުލުމަށާއި އަދި އަހަރެމެންގެ ދަރިފަސްކޮޅުގެ އަސްލަކީ ކޮބައިކަން ހަނދާނުން ފޮހެވިގެން ނުދިއުމުގެ މުހިންމުކަމަށްވެސް އިޝާރާތް ކުރެއްވިއެވެ.
ހުޅަނގުގެ ގައުމުތަކާއިއެކު ކިތަންމެ ގާތް ގުޅުމެއް އުފައްދަން އުޅުނުކަމުގައިވިޔަސް އަހަރެމެންނަކީ ހުޅަނގުގެ މީހުންނަކަށް ނުވެވޭނެއެވެ. މިދިޔަ ހޯމަ ދުވަހު ގިންޑާއޯގައި ގައި ޖަޕާނާއި ދެކުނު ކޮރެޔާއިންވެސް ބައިވެރިވި ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުން ސިޔާސީ މައިދާނުގައި ޗައިނާގެ އެންމެ އިސް އޮފިޝަލް ޖަޕާނާއި ދެކުނުކޮރެއާ އަށް އަމާޒުކޮށް ވިދާޅުވީ ބްލޯންޑް ކުލައިން ބޮލުގައި ކުލަ ޖެއްސުމާއި ނޭފަތުގެ ބައްޓަން ހިމަކޮށް ނޭފަތުގެ ކުރި ތޫނު ކުރުން މިއީ ކުރެވިދާނެ ކަންތަކެވެ. އެކަމަކު އަހަރެމެންނަށް ހުޅަނގު ނުވަތަ އެމެރިކާ މީހުންނަކަށް ނުވެވޭނެކަން އެނގެންޖެހޭނެއެވެ.
އަހަރެމެންނަށް ޖަޕާނުމީހުންނާއި ޗައިނާ އަދި ކޮރެޔާގެ މީހުން ވަކިކުރަން އެނގޭނެއެވެ. އެކަމަކު ހުޅަނގުގެ މީހުންނާއި އެމެރިކާގެ މީހުންނަށް އަހަރެމެން ފެނުމުން އަހަރެމެންގެ ގައުމަކީ ކޮބައިކަން ވަކިކުރާކަށް ނޭންގޭނެއެވެ.
އިންޓަރނޭޝަނަލް ފޯރަމް ފޯރ ޓްރައިލޭޓެރަލް ކޯޕަރޭޝަންގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ބާރުއަޅުއްވަމުން ގެންދެވިކަމަށްވަނީ ޗައިނާއާއި ޖަޕާނާއި އަދި ކޮރެޔާ އެކުވެގެން ދެވަނަ ފިނިހަނގުރާމައެއް އުފަންކުރުމުގެ އެއްވެސް ފުރުސަތެއް ހުޅަނގަށް ނުދިނުމަށާއި ބާރުގެ ބޭނުންކޮށްގެން އެމީހުން ބޭނުންވާހާ ގޮތަކަށް އަހަރެމެން ލައްވާ ނައްޓުވަން މަގުފަހިކޮށްދީގެން ނުވާނެ ކަމަށެވެ.
ޗައިނާގެ އިސް ޑިޕްލޯމެޓް މިމޭރުމުން ވާހަކަފުޅު ދައްކަވާފައި މިވަނީ އެމެރިކާއާއި ޗައިނާގެ ގުޅުން ވަރަށް ގޯސްވެ ޗައިނާގެ ރައީސަކީ ޑިކްޓޭޓަރެއްކަމަށް އެމެރިކާގެ ރައީސް ވިދާޅުވެފައި ވަނިކޮށެވެ.
އެމެރިކާއިން މަސައްކަތްކުރަމުން ގެންދަނީ ދެކުނު ކޮރެޔާއާއި ޖަޕާނާއެކު ވަރަށް ގާތްގުޅުމެއް އުފައްދައިގެން ޗައިނާގެ ބާރު އިރުމަތިން ކުޑަކުރުމަށެވެ. ހަމަ އެއާއިއެކު ޗައިނާއިންވެސް ގެންދަނީ ކެމްބޯޑިޔާއާއި ލާއޯސް އަދި މިޔަންމާރ އެކުވެސް ވަރަށް ގާތް ގުޅުމެއް ގާއިމްކުރަމުންނެވެ.
![]()

One Response
އަހަރެމެންގެ މީހާ ވިދާޅުވަނީ ދޮންމީހުން އުޅޭގޮތަށޭ އުޅެންޖެހޭނީ.