ބިޒްނަސް އިންސައިޑަރުން މަޢުލޫމާތު ހާމަކޮށްފައިވާ ގޮތުގައި ނޭޓޯގެ ގައުމުތަކުން ޔޫކްރެއިންގެ ބޭނުން ކުރަމުން އެ ގެންދަނީ ނޭޓޯއިން އުފައްދާ ހަތިޔާރުތަކުގެ ފެންވަރު ބެލުމަށްޓަކައެވެ.
ޔޫކްރެއިންގެ ދިފާއީ ވަޒީރާއި ޔޫކްރެއިންގެ ދިފާއީ އިންޑަސްޓްރީ ތަކުގެ ތަޖްރިބާކާރުން ފައިނޭންޝަލް ޓައިމްސް އަށް މަޢުލޫމާތު ހާމަކޮށްފައިވާ ގޮތުގައި ޔޫކްރެއިންގެ ހަނގުރާމައަކީ ނޭޓޯގެ ގައުމުތަކުން އުފައްދާފައިވާ ހަތިޔާރުތަކުގެ އަޖުމަ ބަލަން ކުރެވޭ ހަނގުރާމައެއ ްކަމަށާއި ޕެޓްރިއޮޓް އެއަރ ޑިފެންސްގެ ނިޒާމު ބޭނުން ކޮށްގެންވެސް ވައްޓާ ނުލެވޭނެކަމަށް ރަޝިޔާއިން ބުނަމުންގެންދާ ކިންޒަލް މިސައިލް ފަދަ ކުރިއަރާފައިވާ ހަތިޔާރުތަކުގެ ގިނަ މަޢުލޫމާތު ތަކެއް ލިބެމުންދާކަމަށެވެ.
ނޭޓޯގެ މެމްބަރުންގެ ތެރޭގައި ހިމެނޭ އެމެރިކާއާއި ކެނެޑާއާއި ޔޫކޭ އާއި ޖަރުމަނާއި ފަރަންސޭސި ވިލާތުން ގެންދަނީ ކެނޑިނޭޅި ޔޫކްރެއިނަށް ހަތިޔާރު ފޮނުވަމުންއަދި އެ ހަތިޔާރު ބޭނުންކުރާނެ ގޮތުގެ ތަމްރީނުވެސް ފޯރުކޮށް ދެމުންނެވެ. 2022 ވަނައަހަރު ހަނގުރާމަ ފެށުނީއްސުރެން މިހާތަނަށް އެގައުމުތަކުން ޔޫކްރެއިނަށް ފޮނުވާފައިވަނީ ވަރަށް ފަހުގެ ހަތިޔާރު ތަކެކެވެ. އެހެންނަމަވެސ ޔޫކްރެއިނުން ބޭނުންވަނީ އަދިވެސް ބޮޑަށް ތަރައްގީ ކުރެވިފައިވާ ހަތިޔާރާއި ޓޭންކާއި އެއަރ ޑިފެންސް ސިސްޓަމާއި އަދި ހަނގުރާމަމަތީ މަތިންދާ ބޯޓުވެސް ލިބިދިނުމަށެވެ.
ޔޫކްރެއިންގެ ދިފާޢީ ވަޒީރު އޯލެކްސީ ރެޒްނިކޯވް ފައިނޭންޝަލް ޓައިމްސް އަށް ވިދާޅުވީ ލިބެމުންދާ މަޢުލޫމާތުގެ އަލީގައި އެ ހަތިޔާރުތަކުގެ މިހާރުގެ ފެންވަރާއި އިތުރަށް ތަރައްގީ ކުރުމުގައި ބަލަންވީ ކަންތައް ޔޫކްރެއިންގެ ބައިވެރިންނަށް އެނގެމުންދާ ކަމަށެވެ.
އަދި މިދިޔަ މޭމަހު އެމެރިކާއިން ދިން ޕެޓްރިއޮޓް ޑިފެންސް ސިސްޓަމް ބޭނުންކޮށްގެން ރަޝިޔާގެ ކިންޒަލް މިސައިލް ވައްޓާލުމަށް އިޝާރާތް ކުރައްވައި ދުނިޔޭގައި ހަނގުރާމައިގެ ހަތިޔާރު އުފައްދާ އިންޑަސްޓްރީ ތަކަށް އެމީހުންގެ އުފެއްދުމުގެ އަޖުމަބަލަން މިއަށްވުރެން ފުރިހަމަ ފުރުސަތެއް ނުލިބޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެމެރިކާގެ ޕެޓްރިއޮޓް ޑިފެންސް ސިސްޓަމް ބޭނުން ކޮށްގެން ކިންޒަލް މިސައިލް ވައްޓާލެވިދާނެ ކަމަށް ތަޖްރިބާކާރުން ގަބޫލު ކުރެއްވިކަމުގައި ވިޔަސް އެކަން ސާބިތުކޮށް ދީފައި އެވަނީ ޔޫކްރެއިން ސިފައިން ކަމަށެވެ.
ނޭޓޯގެ ގައުމުތަކަށް އެމީހުންގެ ހަތިޔާރުތައް ބޭނުން ކުރަންޖެހޭ ގޮތާއި ވަގުތުވެސް ބުނެދީފައި އެވަނީ ޔޫކްރެއިންގެ ސިފައިން ކަމަށް ދިފާއީ ވަޒީރު ވިދާޅުވިއެވެ.
ހަމައެއާއިއެކު ރަޝިޔާގެ ކުރިއަރާފައިވާ އިލެކްޓްރޯނިކް ޓެކްނޯލޮޖީގެ ޖީ ޕީ އެސް އިން މަގު ދައްކާ އިލެކްޓްރޯނިކް ވަސީލަތްތަކުން ހުރަސް އަޅައިގެން ޔޫކްރެއިންގެ ހަތިޔާރުތަކަށް މަގު އޮޅުވާލަމުންދާގޮތުގެ ގިނަ މަޢުލޫމާތުތަކެއްވެސް އެއްކުރެވިފައިވާ ކަމަށެވެ.
ރަޝިޔާއިން އަހަރެމެންނަށް އިދިކޮޅު ޙަމަލާތަކެއް އަމާޒުކުރާކަން އެނގުމާއިއެކު އަހަރެމެން އެ މަޢުލޫމާތު އަހަރެމެންގެ ބައިވެރިނަށް ފޯރުކޮށް ދިނުމުން އަހަރެމެން ގެ ޙަމަލާތައް ކުރިޔަށް ގެންދަންވީ ގޮތުގެ އިރުޝާދު އަހަރެމެންނަށް ލިބެމުންދެއެވެ.
ހަތިޔާރު އުފައްދާ އިންޑަސްޓްރީ ތަކުގެ ކޮންސަލްޓެންޓް ޔޫކްރެއިންގެ ރިޓަޔާރޑް ކާނަލް ޕެޓްރޯ ޕިޔާތާކޯވް ފައިނާންޝަލް ޓައިމްސް އަށް ކިޔާދިން ގޮތުގައި ނޭޓޯ އިން އުފައްދާ ހަތިޔާރުތައް ބޭނުންކޮށްގެން އެހަތިޔާރު ތަކުގެ ފެންވަރާއި އަޖުމަ ބަލައި އިތުރަށް ތަރައްގީ ކުރުމަށް ބޭނުންވާ ކަންތައްތައް ދެނެގަތުމަކީ ވަރަށް ބޮޑަށް ނޭޓޯއިން ޝައުގުވެރިވާ ކަމެކެވެ.
ޖަރުމަނުގެ ޑިފެންސް ކޮންޓްރެކްޓަރަކުވެސް ހަމަ މިމޭރުމުން ވަނީ ވާހަކަދައްކަވައި ފައިވެއެވެ.
ލަންޑަނުގައި ހުންނަ ރޮޔަލް ޔުނައިޓެޑް އިންސްޓިޓިއުޓުގެ ފަރާތުން ވާހަކަ ދައްކަމުން ޖެކް ވަޓްލިންގ ބުނެފައިވަނީ ޔޫކްރެއިންގެ ހަނގުރާމާގައި ހުޅަނގުގެ ހަތިޔާރުތައް ބޭނުންކުރެވުމުން ލިބެމުންދާ މަޢުލޫމާތުގެ އިތުރުން ރަޝިޔާގެ ހަތިޔާރުތަކުގެ ފެންވަރުވެސް ރަނގަޅަށް ނޭޓޯއަށް އޮޅުންފިލަމުންދާ ކަމަށެވެ.
ނޭޓޯގެ ހާމަކުރުންތަކާއި ގުޅޭގޮތުން ރަޝިޔާއިން ބުނެފައިވަނީ ޗައިނާއާއި ރަޝިޔާއަށްވެސް ނޭޓޯގެ އުފެއްދުންތަކުގެ ފެންވަރު ރަނގަޅަށް އޮޅުންފިލަމުން ދާކަމަށެވެ. އަދި މުސްތަގްބަލްގައި ހަތިޔާރުގެ މައިދާނުގައި ޗައިނާއާއި ރަޝިޔާއާއި ފައިހަމަކުރުމަށްޓަކައި ނޭޓޯއިން އަދި ވަރަށްގިނަގުނަމަސައްކަތްތަކެއް ކުރަން ޖެހިފައިވާކަންވެސް ފަޅާއަރާފަައިވާ ކަމަށެވެ.
ހަތިޔާރު ޓެސްޓްކުރުމަށްޓައި ނެތިކޮށްލެވޭ ޢާންމު ރައްޔަތުންގެ ޖާނާއި މާލުގެ ހިސާބު ބެލުމުގެ ވިސްނުމެއް ނެތްކަން ފާހަގަކޮށްލަން ޖެހެއެވެ.
One Response
ލަދު ހަޔާތެއްވެސް ނެތް ބައެއްތަ މިއީ. އެތައް އިންސާނުންތަކެއް މަރުވެ އެތައް ބަޔަކު ދާއިމަށް ނުކުޅެދި އަދި އެތައްބަޔަކު ގެދޮރޮރާ އަނބި ދަރިން ގެއްލިގެންދާއިރުވެސް ފާޅުގައި މިބުނަނީ މިއުޅެނީ ހަތިޔާރުތަކުގެ ފެންވަރު ބަލާށޭ.