މޮސްއަދް ރިންގަށް ނިސްބަތްވާ 56 މީހަކު ހޯދައި، 7 މީހަކު ހައްޔަރުކޮށްފި

Loading

Facebook
Twitter
WhatsApp

ތުރުކީގެ ސަލާމަތާއި ބެހޭ މައުލޫމާތު އެއްކުރާ ގައުމީ ވުޒާރާ، އެމްއައިޓީ އިން އެގައުމުގައި ހަރަކާތްތެރިވަމުން ދިޔަ މޮސްއަދު ރިންގަށް ނިސްބަތްވާ ސެލްއެއް ހޯދައި، ހަތް މީހަކު ހައްޔަރުކޮށްފައިވާކަމަށް އެ ވުޒާރާއިން ހާމަކޮށްފިއެވެ.

އެމްއައިޓީއިން ނެރުނު ރިޕޯޓުގައި ބުނެފައިވާގޮތުގައި، ލުބުނާނު އަދި ސީރިއާގައި ހަރަކާތްތެރިވާ ޓާގެޓުތަކުގެ މައުލޫމާތު ހޯދުމަށް އިސްރާއީލުން ބޭނުންކޮށްފައިވަނީ އަރަބި ފާރަވެރީންނެވެ. މިގޮތުން، ސިޔާސީ އަދި އަސްކަރީ މުހިންމު ފަރާތްތައް ދިރިއުޅޭ ހަޒްބުއްލާހި އިމާރާތަށް ޓާގެޓުކޮށްފައިވާކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

އެމްއައިޓީއާއި އިސްތާންބުލް ފުލުހުންގެ އިދާރާއިން ގުޅިގެން ކުރިއަށް ގެންދިޔަ ސިއްރު ތަހުގީގެއްގައި، އެހެން ގައުމުތަކަށް ނިސްބަތްވާ ފަރާތްތަކުގެ ހަރަކާތްތަކަށް އޮންލައިން ރައުޓިންގް ބޭނުންކޮށްގެން ފާރަލަމުން ގެންދިޔަ 56 މީހަކު ހޯދާފައިވެއެވެ. އެގޮތުން، ފާރަލެވުނު ބިދޭސީން ދުއްވި އުޅަނދުތަކުގެ ޖީޕީއެސް ނިޒާމު މެދުވެރިކޮށް އެމީހުންގެ ހަރަކާތްތައް ބަލަމުން ގެންދިޔުމުގެ އިތުރުން، އެމީހުން ގެންގުޅޭ ވަޔަރލެސް އާލާތްތައް ރައްކާތެރިކުރުމަށް ބޭނުންކުރާ ޕާސްވޯޑުތައް ފުނޑާލައި، ހެކްކޮށްގެން އެމީހުން ދަތުރުކުރާ ތަންތަން ބަލަމުން ގެންގޮސްފައިވެއވެ.

މޮސްއަދް ރިންގުގެ އޮޕަރޭޓިވްތައް ތަމްރީންކޮށްފައިވަނީ ބެންކޮކްފަދަ ބައިނަލްއަގްވާމީ އެކި ހިސާބުތަކުގައެވެ.

ފަލަސްތީނު މީހެއްކަމަށް ގަބޫލުކުރެވޭ މީހަކު ހިމެނޭގޮތަށް، ހޯދި މޮސްއަދު ރިންގުގެ އޭޖެންޓުންނަކީ މެދު އިރުމަތީގެ ގައުމުތަކުން ގެނެސްފައިތިބި މީހުންކަމަށް ރިޕޯޓުތަކުން ބުނެފައިވާއިރު، އެމީހުންނާ ހަވާލުވެ ތިބި ފަރާތްތަކާއި މުޢާމަލާތުކުރަމުން ދިޔައީ ބާރނަރ ފޯނުތައް ބޭނުންކޮށްގެންނެވެ.

ރިޕޯޓުތަކާ ހަވާލާދީ އެނގޭ ގޮތުގައި، ސައިބަރޓެކް އަމަލީ ތަމްރީނު ދީފައިވަނީ ޓެލްއަވީވްގައި ހުންނަ ސައިބަރ އިންޓެލިޖެންސް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ ވެރިޔާއެވެ. އޭނާއަކީ އިންޑިއާއަށް ނިސްބަތްވާ މީހެކެވެ. ޓާގެޓުންގެ ފޯނުތައް ހެކުކުރުމަށާއި، އެމީހުންގެ ކޮމްޕިއުޓަރުތައް ހެކުކުރުމަށް ފޮނުވި ލިންކުތައް ފޮނުވުމުގައި އޭނާ އެހީތެރިވެދީފައިވާނެކަމަށް ގަބޫލުކުރެވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް