ފިލައިގެން ދާން އުޅެނިކޮށް މަންޑޭ ހައްޔަރުކޮށް ބަންދަށް 15 ދުވަސް ޖަހައިފި

Loading

Facebook
Twitter
WhatsApp

ހުޅުމާލޭގައި ހަދަމުން އަންނަ ކޭޕާކް ރެޒިޑެންސް ފުލެޓްތައް ވިއްކުމުގެ ތެރެއިން މަކަރާއި ހީލަތް ހަދާފައިވާ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ޙަސަން މަމްދޫޙް (މަންޑޭ) ގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ކޭޕާކް ރެޒިޑެންސް ފުލެޓްތައް އިމާރަތްކުރާ ހަމްބޯ ކޮމްޕެނީގެ މައިނޯރިޓީ ހިއްސާދާރު މަމްދޫހުގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް ކްރިމިނަލް ކޯޓުން އޭނާގެ ޕާސްޕޯޓް ދޫކޮށްލަން އަމުރު ނެރުނީ މި މަހުގެ 4 ގައެވެ.

އެއާއެކު އޭނާ ފިލަން އުޅޭކަމަށް މައުލޫމާތު ލިބުމުން ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކުރީ އިއްޔެގައެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން މިއަދު ވަނީ ބަންދަށް 15 ދުވަސް ޖަހައިފައެވެ.

ކޭޕާކް ރެޒިޑެންސް ފުލެޓްތަކުގެ މަޝްރޫއު ކުރިއަށްގެންދާ ހަންބޯ ކޮމްޕެނީގެ މައި ހިއްސާދާރަކީ ޗައިނާގެ ރައްޔިތެއް ކަމަށްވާ ޖިން ޝިހޫއެވެ. މައިނޯރިޓީ ހިއްސާދާރަކީ މަންޑޭގެ އޮންނަނީ %5 ހިއްސާއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް