މާލޭގައި ހިންގި ބަނގުރަލުގެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މި އޮޕަރޭޝަން ހިންގީ ހުޅުމާލެއިން މާލެއަށް ކާރެއްގައި ބަނގުރާ އެތެރެކުރާ ކަމަށް ރޭ ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ.
މާލެއަށް އެ ކާރު އައުމުން ބުރިޖާ ހިސާބުން އެ ކާރު ހުއްޓުމަށް ތަކުރާރުކޮށް ފުލުހުން އެންގުމުން ވެސް ކާރު މަޑުނުކޮށް ދިއުމުން ފުލުހުން ވަނީ އެ ކާރު ފަހަތުން ގޮސް ކާރު ހުއްޓުވާފައެވެ.
އެގޮތުން ސީގަލް ކަންމަތިން ކާރު ހުއްޓުވައި ކާރުގައި ތިބި 21 އަހަރުގެ ދިވެހި ދެ ފިރިހެނުން ވަނީ ހައްޔަރުކޮށްފައެވެ.
ފުލުހުން ބުނީ ކާރު މަޑުކުރަން ފުލުހުން އެންގުމުން މަޑުނުކޮށް ގޮސް އެ މީހުން ގެންގުޅުނު ކޮތަޅެއް ފިލިގަސް މަގަށް އެއްލައިލި ކަމަށާއި އެ ކޮތަޅު ބަލައިފާސްކުރި އިރު 24 ދަޅު ބަނގުރާ ފެނިފައިވާ ކަމަށެވެ.