ހުޅުމާލޭގައި އިމާރަތްކުރަމުންދާ ކޭ.ޕާކް ރެޒިޑެންސް އެޕާޓްމަންޓްތައް ނުއަގުގައި ވިއްކިކަމުގެ ތުހުމަތު ކުރެވޭ މައްސަލާގައި އެ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު ޙަސަން މަމްދޫޙް (މަންޑޭ) ހައްޔަރުކުރަން އަމުރު ނެރެފިއެވެ.
ހަންބޯ ކޮމްޕެނީ ލިމިޓެޑާއި އާބަންކޯއާއެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި އިމާރަތްކުރަމުންދާ ކޭ.ޕާކް ރެޒިޑެންސް އެޕާޓްމަންޓްތައް ހަންބޯގެ ނަމުގައި ހަދާފައިވާ ފޯޖު ލިޔުންތައް ބޭނުންކޮށްގެން މަކަރާއި ހީލަތުން އެ އެޕާޓްމަންޓްތައް އެކި ފަރާތްތަކަށް ވިއްކައި ލިބުނު ފައިސާއަށް ޚިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތުކުރެވިގެން ހުށަހަޅާފައިވާ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
މި މައްސަލާގައި މަންޑޭގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އޭނާގެ ޕާސްޕޯޓް ދޫކޮށްލަން އަމުރު ނެރެފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން ފުލުހުން އެދިގެން މަންޑޭ ހައްޔަރުކުރަން ކޯޓުން އަމުރު ނެރުނީ ރޭގެ ވަގުތެއްގައެވެ. ނަމަވެސް އަމުރު ނެރުނީ ކޮން ކޯޓަކުން ކަމެއް އަދި ސާފެއް ނޫނެވެ.
މި އަމުރާ ގުޅިގެން މަންޑޭ ހައްޔަރުކުރުމުގެ މަސައްކަތް ފަށާފައިވާއިރު އޭނާ ރާއްޖެއިން ފުރާފައިވާ ކަމުގެ އަޑު ވަނީ ފެތުރިފައެވެ.
One Response
Ali waheed ah hedhi hen thi he dhee PP dhoo kollaa fa furee ma hayyaru kurumuge amuru wah bai wah