ކަރުނާޓަކާއިން ފެންނަމުންދާ ދީނީ އެއްބައިވަންތަކަން

Loading

July 4, 2023
profile
Facebook
Twitter
WhatsApp


ދީނީ އެއްބައިވަންތަކަމާއި ދީނީ މިނިވަންކަން އިޚްތިޔާރުކުމުގެ ޙައްގު ކޮންމެމީހަކަށްވެސް ލިބިދޭންޖެހޭކަން ރަމްޒުކޮށްދިނުމުގެ ގޮތުން ހިންދޫންގެ ޕްރީސްޓަކު ކަރުނާޓަކާގެ ކޮއްޕަލް ޑިސްޓްރިކްޓުގެ ބަނާޕޫރުގެ ކުކައްނޫރު އަވަށުގައި ބިނާކުރި މިސްކިތެއް ރަސްމީގޮތުން ހުޅުވުމުގައި ބައިވެރިވެއްޖެއެވެ. 

މިދިޔަ ހުކުރުދުވަހު މިސްކިތް ހުޅުވައިދެއްވީ ޕްރީސްޓް އަބިނާވާ ގަވިސިއްދަރޭސްވަރާ ސްވާމީޖީ އެވެ. ސްވާމީޖީގެ ވާހަކައިގާ ވިދާޅުވީ ދީނުގެ މަގްސަދުގެ ތެރޭގައި އެއްބައިވަންތަކަން ހިމެނޭނެ ކަމަށާއި މިސާލެއްގެ ގޮތުން އެއްވެސް ޝަރުތަކާ ނުލައި ލޭ ހަދިޔާ ކުރުންވެސް ދީންވެރިކަމުގެ ތެރޭގައި ހިމެނިގެންދާނެ ކަމަށެވެ.

ހަމައެކަނި މިސްކިތަށް ނުވަތަ ބުދުފައްޅިއަށް ނުވަތަ ޗާރޗްތަކަށް ދިއުމަކުން ދީންވެރިވުމެކޭ ނުބުނެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ދީންވެރި ވުމުގެ ތެރޭގައި އަނެކުންނަށް އަޅާލުމާއި އިޙްތިރާމް ކުރުމާއި އެއްބައިވަންތަކަންވެސް ހިމެނިގެންވެއެވެ.

މިއަވަށުގައި މުސްލިމުން ދިރިއުޅެމުން ގެންދަނީ ހަމައެކަނި ފަސްގޭގައެވެ. އެހެންނަމަވެސް އަޚްވަންތަކަމާއި އެއްބައިވަންތަކަން މިއޮތީ މުޅި އަވަށަށް ފެތުރިފައެވެ. އަހަރެން ގަބޫލުކުރާ ގޮތުގައި މިއީ ދީންވެރިކަމުގެ އެއްރުކުނެވެ.

Loading

One Response

  1. އިލް،މުވެރިންނަކީ ތަންދޮރު ދަންނަ މީހުންނެވެ. ފޮތް އެދުރެއް ނުވާނެއެވެ. އަޅުގަނޑުމެންގެ ތެރޭގައި “ ކިޔެވި ކިޔެވިހެން ކާފަރު ވަނިއްޔޭ “ ބުނަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. ތަފާތު ނަސްލުތަކާއި މަޒުހަބުތަކާއި އަދި ތަފާތު ދީންތަކަށް ތަބާވާ މީހުން ދުނިޔޭގައި އުޅޭ އިރު އެކަން ގަބޫލު ކުރަންޖެހޭނެއެވެ. ތިމަތިމާމެންގެ ގޮތް އަނެކުންގެ މައްޗަށް މަޖުބޫރުކުރުމަކީ އާންމު މަސްލަހަތަށްހުރި ބޮޑު ނުރައްކަލެކެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް